އިހަވަންދޫ މޮނިޓަރިންގެ ހާލަތުން ނަގައިފި

2 އޮގަސްޓު 2020 0

ހއ. އިހަވަންދޫން ކޮނިޑް-19 އަށް މީހަކު ފައްސިވުމާއި ގުޅިގެން އެޗް.ޕީ.އޭ އިން އިހަވަންދޫ މޮނިޓަރިންގެ ހާލަތުގައި ބޭއްވުމަށްފަހު އެހާލަތު އުވާލައިފިއެވެ.

ހެލްތު ޕުރޮޓެކްޝަން އޭޖެންސީ. (އެޗް.ޕީ.އޭ) އިހަވަންދޫގެ މިނިޓަރިން އުވާލިކަން އަންގާ ނެރުނު ލިޔުމުގައި ވަނީ އިހަވަންދޫގެ މޮނިޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް މިވަގުތު ނެތުމާއެކު ރަށުގެ މޮނިޓަރިން އުވާލާފައިވާ ކަމަށެވެ. އެހެންކަމުން މޮނިޓަރިންގެ ހާލަތާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ނިމުމަކަށް އައީ ކަމަށް އެޗް.ޕީ.އޭ އިން ވަނީ ދަންނަވާފައެވެ.

ނެޝަނަލް އެމަރޖެންސީ ސެންޓަރުގެ ފަރާތުން ހއ. އިހަވަންދޫ އަށް ކަނޑައަޅާފައިވާ ފޯކަލް ޕޮއިންޓް، އާމިނާދިޔޯ ސިއްހީމަރުކަޒުގެ ޒިންމާދާރު ވެރިޔާ، ހުސެއިން ފަޔާޒު މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅިވީ، ޓޫފޯޓޫ ބޯޓުގެ ކޭސްއާ ގުޅުންހުރި 10 މީހެއްގެ ސާމްޕަލް މިއަދު ނަގާފައި ވާ ކަމަށެވެ. މިއަދު ނެގި ސާމްޕަލް ތަކުގެ ނަތީޖާ އަދި ނުލިބޭކަން ފާހަގަ ކުރައްވާ ފަޔާޒު ވިދާޅުވީ އެ ކޭސް އާ ގުޅން ހުރި އިތުރު ސާމްޕަލް ތަކެއް ނުގެމުގެ މަސައްކަތް މިވަގުތުވެސް ކުރަމުންދާ ކަމަށެވެ.

އެޗް.ޕީ.އޭ އިން އިހަވަންދޫގެ މޮނިޓަރިންގެ ހާލަތު އުވާލާފައި ވަނީ ޓޫފޯޓޫ ބޯޓުގެ ކޭޝިއަރގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމުމުން ކަން ފާހަގަ ކުރެވެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ