ކޮވިޑް-19: ކަރަންޓީނުގައި ހުރިމީހަކު ޑޮކްޓަރަށް ދެއްކުމަށް ގެންދިއުމުން ފިލައިފި

3 އޮގަސްޓު 2020 0

އިހަވަންދޫގައި ކަރަންޓީނުގައި ހުރި ދިވެހި ފިރިހެނަކު ޑޮކްޓަރަށް ދެއްކުމަށް އާމިނާ ދިޔޯ ޞިއްޙީ މަރުކަޒަށް ގެންދިއުމުން ފިލައިފި އެވެ.

ފުލުހުންގެ ބެލުމުގެ ދަށުން މިރޭ ޑޮކްޓަރަށް ދައްކަން ގެންދިޔަ އެމީހާ ފިލާފައިވަނީ ޞިއްޙީ މަރުކަޒުގެ ވާޑްގެ ކުޑަދޮރުން ފުންމާލައިގެން ކަމަށްވަނީ މަޢުލޫމާތު ލިބިފައެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައިނުވާއިރު އެމީހާ އަދިވެސް ނުފެންނަ ކަމަށް މަޢުލޫމާތު ލިބެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ