[HEADER BANNER]
[AD]

ކޮވިޑް-19: އިހަވަންދޫގެ 32 ތަނެއް ކަރަންޓީނުގައި

5 އޮގަސްޓު 2020 1

ކޮވިޑް-19 އާ ގުޅިގެން އިހަވަންދޫއިން ކަރަންޓީނުކޮށްފައިވާ ތަންތަންކަމުގައި އާމިނާ ދިޔޯ ޞިއްޙީ މަރުކަޒުން ހާމަކޮށްފައިވާ މަޢުލޫމާތު.

ކޮވިޑް-19 އާ ގުޅިގެން އިހަވަންދޫގެ 32 ތަނެއްވަނީ ކަރަންޓީނުކޮށްފައެވެ.

އޭގެތެރޭގައި ހިމެނެނީ މީހުން ދިރިއުޅޭ 29 ގޭގެ އިތުރުން މަސްދޯންޏަކާއި މާލެ ދަތުރުކުރާ 2 ބޯޓެވެ.

ކަރަންޓީނު ކުރެވިފައިވާ ގެތަކަކީ މާލެއިން އިހަވަންދޫއަށް އައި މީހުން ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރުމަށް މަޑުކޮށްގެން ތިބި ގެތަކުގެ އިތުރުން އިހަވަންދޫއިން ކޮވިޑް-19 އަށް ފައްސިވި ފަރާތްތަކާއި "ކޮލޯސް ކޮންޓެކްޓް" ވެފައިވާ ފަރާތްތައް ދިރިއުޅެމުންދާ ގެތަކެވެ.

ކޮވިޑް-19 އަށް ޓެސްޓްކުރުމަށް އިހަވަންދޫއިން މިހާތަނަށް 181 ސާމްޕަލް ނަގާފައިވާއިރު 3 ފަރާތެއްގެ ސާމްޕަލްވަނީ ފައްސިވެފައެވެ. ފައްސިވެފައިވަނީ މިވަގުތު ކަރަންޓީނު ކުރެވިފައިވާ ދެ ބޯޓުގެ ފަޅުވެރިންގެ ގޮތުގައި މަސައްކަތްކުރާ ދިވެހިންނެވެ. 137 ފަރާތެއްގެ ސާމްޕަލް ނައްސިވެފައިވާއިރު ރޭ ނެގި 41 ސާމްޕަލްގެ ނަތީޖާ އަދި ލިބިފައެއްނުވެއެވެ.

ރޭ ނެގި 41 ސާމްޕަލްގެ ތެރޭގައި، ކޮވިޑް-19 އަށް އިހަވަންދޫއިން ފައްސިވެފައިވާ ފަރާތްތަކާ ގުޅުންހުރި 38 ސާމްޕަލް ހިމެނެއެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ޔޫތު އޮފީސް ކަރަންޓީނު ކުރީ ކީއްވެ؟

– 6 އޮގަސްޓު 2020 0