ކޮވިޑް-19: މުޅި އިހަވަންދޫ ނަތީޖާގެ އިންތިޒާރުގައި

6 އޮގަސްޓު 2020 0

އިހަވަންދޫ. ފޮޓޯ: ޢަބްދުﷲ އިރުޝާން

ނިމިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެރޭ އިހަވަންދޫއިން ފެނުނު ކޮވިޑް-19ގެ ފުރަތަމަ ކޭސްއާއެކު، އެ ކޭސްއާ ގުޅުންހުރި ފަރާތްތައް ހޯދައި ވަނީ ކަރަންޓީނު ކުރެވިފައެވެ.

އަދި އެ ކޭސްއާ ގުޅުންހުރި 13 ފަރާތެއްގެ ސާމްޕަލްނަގައި ޓެސްކުރުމުން 2 ފަރާތެއް ކޮވިޑް-19 އަށް ފައްސިވެ، ޕޮސިޓިވް ކޭސްގެ ޢަދަދު އިހަވަންދޫގައިވަނީ 3 އަށް އިތުރުވެފައެވެ.

ކޮވިޑް-19 އަށް ޓެސްޓްކުރުމަށް އިހަވަންދޫއިން އެންމެ ފަހުން ސާމްޕަލް ނަގާފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ރެއެވެ. އެރޭ ނެގި 41 ސާމްޕަލްގެ ތެރެއިން 38 ސާމްޕަލްއަކީ އިހަވަންދޫއިން ފައްސިވި ކޭސްތަކާ ގުޅުންހުރި ސާމްޕަލްތަކަށްވާއިރު އެ ސާމްޕަލްތަކުގެ ނަތީޖާ އަންނަގޮތަކުން އިހަވަންދޫގައި ކޮވިޑް-19ގެ ނުރައްކާ އޮތްމިންވަރު ވަޒަންކުރެވިގެންދާނެއެވެ.

އެހެންކަމުން އެ ސާމްޕަލް ތަކުގެ ނަތީޖާއަށް އިހަވަންދޫގެ ރައްޔިތުން އިތިޒާރު ކުރަންދާއިރު "އެންމެފަހުން އިހަވަންދޫއިން ނެގި 41 ސާމްޕަލްގެ ނަތީޖާ އަދި ނުލިބެ" ކަމަށް އާމިނާ ދިޔޯ ޞިއްޙީ މަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ ހެލްތު ސަރވިސް މުޙައްމަދު އަކުރަމް ވަނީ ހާމަކޮށްފައެވެ. އަކްރަމްގެ ފޭސްބުކް ސްޓޭޓަސްގައި އިތުރަށް ވިދާޅުވެފައވަނީ އެ ސާމްޕަލްތަކުގެ "ނަތީޖާ ލިބުނުހާ އަވަހަކަށް ކަމާބެހޭ ފަރާތްތަކުން އިޢުލާނު ކުރާނެ" އެވެ.

މި ނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެންމެފަހުން ނަގާފައިވާ 41 ސާމްޕަލްގެ ނަތީޖާ މިއަދު ނުވަތަ މިރޭގެ ވަގުތެއްގައި ލިބޭނެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ