ކޮވިޑް-19: 34 ސާމްޕަލް ނައްސި

7 އޮގަސްޓު 2020 0

ކޮވިޑް-19 ގެ 5 ކޭސް އިހަވަންދޫއިންވަނީ ފެނިފައި. އެއީ 3 ދިވެހިންނާއި 2 ބިދޭސީން. ފޮޓޯ: އޮޓޯ ސޭވް ޕްރޮޑަކްޝަން (އޭއެސްޕީ)

ކޮވިޑް-19 އަށް ޓެސްޓްކުރުމަށް އިހަވަންދޫއިން މިދިޔަ އަންގާރަ ދުވަހުގެ ރޭ ނެގި 41 ސާމްޕަލްގެ ތެރެއިން 5 ސާމްޕަލް ފިޔަވައި ހުރިހައި ސާމްޕަލެއްގެ ނަތީޖާ ލިބިއްޖެއެވެ.

މި ސާމްޕަލްތަކުގެ ތެރެއިން 34 ސާމްޕަލް ނައްސިވެފައިވާއިރު 2 ފަރާތެއްގެ ސާމްޕަލްވަނީ ފައްސިވެފައެވެ. ފައްސިވެފައިވަނީ ތަހުތު ބޯޓުގެ ފަޅުވެރިންގެ ގޮތުގައި މަސައްކަތްކުރާ 2 ބިދޭސީންނެވެ.

އަންގާރަ ދުވަހުގެ ރޭ ނެގުނު 41 ސާމްޕަލްގެ ތެރޭގައި މީގެ ކުރިން އިހަވަންދޫއިން ފައްސިވި 3 ދިވެހިންގެ ކްލޯސް ކޮންޓެކްޓްގެ ގޮތުގައި ފާހަގަ ކުރެވޭ 38 ސާމްޕަލް ހިމެއެވެ.

ކޮވިޑް-19 އަށް ޓެސްޓްކުރުމަށް އިހަވަންދޫއިން މިހާތަނަށް 198 ސާމްޕަލް ނަގާފައިވާއިރު 5 ފަރާތެއްވަނީ ފައްސިވެފައެވެ. 171 ސާމްޕަލް ނައްސިވެފައިވާއިރު 22 ސާމްޕަލްގެ ނަތީޖާ އަދި ނުލިބެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ