[HEADER BANNER]
[AD]

ކޮވިޑް-19: މި ހާލަތުގައި އިހަވަންދޫ ސްކޫލް ނުހުޅުވާނެ: އެޑިއުކޭޝަން މިނިސްޓަރ

7 އޮގަސްޓު 2020 0

މި ވަގުތު އިހަވަންދޫ ކަރަންޓިންގެ ހާލަތުގައި އޮތުމުން އިހަވަންދޫ ސްކޫލް މި ފެށޭ އާދީއްތަ ދުވަހު ނުހުޅުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

މިނޫހަށް ދެއްވި ބަސްތީގަތުމެއްގައި، މިނިސްޓަރ ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓްރީން އެކަށައަޅާފައިވާ އެސް.އޯ.ޕީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެއްވެސް ރަށެއް މޮނިޓަރިންގައި ނުވަތަ ކަރަންޓީންގެ ހާލަތުގައި ވާނަމަ އެ ރަށެއްގެ ސްކޫލް ނުހުޅުވާނެ ކަމަށެވެ.

އިހަވަންދޫން މިއަދާ ހަމައަށް 5 މީހަކު ކޮވިޑް19 އަށް ފައްސިވެ، 27 ގޭބިސީއެއް ކަރަންޓީން ކުރެވި، އަދި މުޅި އިހަވަންދޫ ކަރަންޓީންކުރެވިފައިވާ މިދަނޑިވަޅު، އިހަވަންދޫ ސްކޫލް ހުޅުވައިފާނެކަމުގެ ކަންބޮޑުވުން ބައެއް ބޭފުޅުން ގެންދަވަނީ މީސްމީޑިއާގައި ހިއްސާކުރައްވަމުންނެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ