އިހަވަންދޫ ކަރަންޓީނުން ނަގައިފި

8 އޮގަސްޓު 2020 0

ހއ. އިހަވަންދޫގެ މަގެއް. ފޮޓޯ: ޢަބުދުﷲ އިރުޝާން

މިދިޔަ ހޯމަ ދުވަހު އިހަވަންދޫ ކަރަންޓީނަށްލުމަށްފަހު ރޭ ކަރަންޓީނުން ނަގައިފިއެވެ.

އިހަވަންދޫ ކައުންސިލުން ރޭ އާންމުކުރި މައުލޫމާތުގައި ބަޔާންކޮށްފައި ވަނީ، އިހަވަންދޫން ފައްސިވި މީހުންނާ ކޮންޓެކްޓްވި މީހުން މިހާރު ދެނެގަނެވި ނިމިފައި ވާތީ ކަރަންޓީނުގެ ހާލަތު އުވާލުމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީން ނިންމާފައިވާ ކަމަށެވެ.

އިހަވަންދޫ ކަރަންޓިންކުރަން ނިންމީ ކޮވިޑް19 އަށް ބައެއް މީހުން ޕޮސިޓިވްވެ އަދި ބައެއް މީހުންގެ ކިބައިން ކޮވިޑް19އިގެ އަލާމާތްތައް ފެންނަމުންދާތީއެވެ.

މިއަދާ ހަމައަށް، 242 ބޯޓުގެ ކައްޕި އާއީ އެ ބޯޓްގެ ކޭޝިއަރު  ކޮވިޑް19 އަށް ފައްސި ވެފައިވާއިރު، ތަޚުތު ބޯޓުގެ ދިވެހި ފަޅުވެރިއަކާއި އެ ބޯޓުގެ އިތުރު ދެ ބިދޭސީ ފަޅުވެރިޔަކު ވެސް ވަނީ ކޮވިޑް19 އަށް ފައްސި ވެފައިވެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ