"އުފާވެރި ދިރިއުޅުމަކަށް" ނަމުގައި އުލިގަމުގައި ދީނީ ހޭލުންތެރި ކުރުމުގެ ސެޝަންތަކެއް!

7 ސެޕްޓެމްބަރު 2020 0

އުލިގަމު މަސްޖިދު މޫސާ ޢަލީ. ފޮޓޯ: ހަސަން މާޖިދު

ހއ. އުލިގަމް ކައުންސިލުން އެރަށު ރައްޔިތުން ދީނީ ގޮތުން ހޭލުންތެރި ކުރުމުގެ މަޤްސަދުގައި މި އަހަރު ހިންގުމަށް ރާވައިފައިވާ ހަރަކާތްތަކުގެ ތެރެއިން "އުފާވެރި ދިރިއުޅުމަކަށް"، މިނަމުގައި ހިންގޭ ހަރަކާތެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް އެކައުންސިލުން ހާމަކޮށްފިއެވެ. 

މި ސެޕްޓެމްބަރު މަހު ތެރޭ ހިންގުމަށް ހަމަޖެހިފައިވާ މިހަރަކާތުގައި ޖުމުލަ 3 ސެޝަނެއް ނަގައިދިނުމަށް ހަމަޖެހިފައިވެއެވެ. މި ސެޝަންތައް އޮންނާނީ ސެޕްޓެމްބަރު މަހުގެ 11 ،18 އަދި 25، މީން ކޮންމެ ދުވަހެއްގެ ހަވީރު 16:30 އިން 17:30 އަށް ކަމަށް އެކައުންސިލްގެ އިއުލާނުގައި ވެއެވެ. 

މިއީ އުލިގަމް ކައުންސިލާ އެރަށުގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާއެއް ކަމަށްވާ އެސޯސިއޭޝަން ފޮރ ސޯޝަލް އެވެއަރނަސް (އަސާ)، އަދި ޖަމްޢިއްޔަތުލް ސަލަފާއި ގުޅިގެން ހިންގޭ ހަރަކާތެއް ކަމަށް އެކައުންސިލުން މައުލޫމާތު ދެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ