[HEADER BANNER]
[AD]

ސެމީ ފައިނަލްގައި އެންވީކޭ އާއި ވީކޭޖީ އަދި ޖަންގަލް އާއި ސެންސިޓީ

9 ސެޕްޓެމްބަރު 2020 0

 

ބާބަކިއު ހަޓް ކައުންސިލް ކަޕް 2020 ގެ ސެމީ ފައިނަލުގެ ފަހު ދެ ޖާގަ ސެންސިޓީ އަދި ވީކޭޖީ ކަށަވަރު ކޮށްފިއެވެ. މިއާއެކު ސެމީ ފައިނަލްގައި ސެންސިޓީ ވާދަ ކުރަންޖެހޭނީ ގްރޫޕް 1 ގެ ދެވަނަ ޓީމް ޖަންގަލް އާއެވެ. އަދި ވީކޭޖީ ވާދަ ކުރަން ޖެހޭނީ ގުރޫޕް 1 ގެ އެއްވަނަ ޓީމް އެންވީކޭ އާއެވެ.

ވާދަވެރި ގްރޫޕް 2 ގެ އެއްވަނަ ސެންސިޓީ އިން ކަށަވަރު ކުރީ އިއްޔެ ހަވީރު އަރާދުވާ އާއި ބައްދަލު ކުރި މެޗް ފަސޭހަ ކަމާއެކު 5-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްގެނެވެ. މިއާއެކު ސެންސިޓީ ވެގެން ގޮސްފައިވަނީ މުބާރަތުގައި ބަލިނުވެ ސެމީފައިނަލަށް ގޮސްފައިވާ ހަމައެކަނި ޓީމަށެވެ.

ހުރިހާ މެޗަކުން މޮޅުވެގެން ސެމީ ފައިނަލަށް ދަތުރުކުރުމުގެ ފުރުސަތު އޮތް އެންވީކޭއަށް ރޭގެ ބައްޔާއެކު ވަނީ އެ ފުރުސަތު ގެއްލިފައެވެ. މެޗް ފެށުމުގެ ކުރިންވެސް ގްރޫޕް 1 ގެ އެއްވަނަ ކަށަވަރުކޮށްފައިވާ އެންވީކޭ ވަނީ މުބާރާތުން އެންމެ ފުރަތަމަ ކެޓި ޓީމު ބޮޑުމަގު އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. މެޗުގެ ހަމަ އެކަނި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި އަދި ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާ، ހުސައިން ޝަރީފް (ސެންޖިތް) އެވެ.

ރޭގެ ފަހު މެޗުގައި 3-1 ގެ ނަތީޖާއަކުން ގަބީލާ ބަލިކޮށް ވީކޭޖީ އިން ވަނީ ސެމީގެ ފަހު ޖާގަ ކަށަވަރުކޮށްފައެވެ. މެޗަކަށް ފަހު މެޗެއްގެ ކުޅުން ރަނގަޅު ކުރަމުން ދިޔަ ވީކޭޖީ ޓީމުން ވަނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވީކޭޖީ ޓީމުގެ ޖާރޒީ ނަންބަރ 7 މުޙައްމަދު ވިޒާމްއެވެ.

ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު އެންވީކޭ އާއި ވީކޭޖީ ބައްދަލުކުރާއިރު ދެވަނަ މެޗުގައި މިރޭ ޖަންގަލް އާއި ސެންސިޓީ ވާދަ ކުރާނެއެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ