ފައިނަލްގައި އެންވީކޭ އަދި ޖަންގަލްގެ ކުރިމަތިލުމެއް

10 ސެޕްޓެމްބަރު 2020 0

ބާބަކިއު ހަޓް ކައުންސިލް ކަޕް 2020 ގެ ފައިނަލުން ޖާގަ ހޯދީ އެނެވީކޭ އަދި ޖަންގަލްއެވެ. އިހަވަންދޫގެ ފުޓްބޯޅައިގެ މައި ދެ ބާރުންގެ ކުރިމަތިލުން އޮންނާނީ 11 ސެޕްޓެމްބަރ ވާ ހުކުރު ދުވަހުގެ ރޭ 2030 ގައެވެ.  

އިހަވަންދޫ ފުޓްސަލް ކިންގުންގެ ގޮތުގައި ގިނަ ބަޔަކު ގަބޫލު ކުރާ އެންވީކޭ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލްގައި ވީކޭޖީގެ މައްޗަށް 8-1 ގެ ބޮޑު ތަފާތަކުން ކުރި ހޯދައިގެންނެވެ. ފުރަތަމަ ހާފުގައި ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ދެވަނަ ހާފު ފެށިގެން މާ ގިނަ އިރުތަކެއް ނުވަނީސް ފުލުފުލުގައި 3 ގޯލުޖަހައި އެންވީކޭން ވަނީ ފަރަގު ބޮޑުކޮށްފައެވެ. އޭގެ ފަހުން ވީކޭޖީގެ ފަރާތުން މާ އެދެވޭ ކުޅުމެއް ފެނިފައެއް ނުވެއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެންވީކޭ ޓީމުގެ ޖާރޒީ ނަންބަރ 12 އަހްމަދު ސާޖިދުއެވެ. 

ފައިނަލްގެ ފަހު ޖާގަ ޖަންގަލް އިން ހޯދީ ސެމީގައި 3-2 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ޖެހީ ސެންސިޓީއެވެ. ޖަންގަލްގެ ޖާރޒީ ނަންބަރ 7 އަހްމަދު ފައިސަލްގެ މޮޅު ކުޅުމާއެކު ފަހަތުން އަރައި ޖަންގަލްއިން ވަނީ ސެންސިޓީގެ މައްޗަށް ކުރި ހޯދާފައެވެ. މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފައިސަލް ވަނީ މި މެޗް ގައި ހެޓް-ޓްރިކް ހަދާފައެވެ.

މީގެ ކުރިންވެސް ގްރޫޕް ސްޓޭޖްގައި އެންވީކޭ އާއި ޖަންގަލް ވާދަކޮށްފައިވެއެވެ. އެ މެޗް 3-1 އަކުން ކާމިޔާބު ކުރީ އެންވީކޭއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ