އާމިނާދިޔޯ ހެލްތްސެންޓަރު އަޕްގްރޭޑްކުރާނެ ބަޔަކު ހޯދަނީ

11 ސެޕްޓެމްބަރު 2020 0

ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން އާމިނާދިޔޯ ސިއްޙީމަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން ޢިއުލާން ކޮށްފިއެވެ.

މިކާމާއި ގުޅިގެން ފިނޭންސް މިނިސްޓްރީން ކުރި ޢިއުލާނެއްގައި ބުނީ މިނިސްޓްރީ އޮފް ހެލްތުގެ އެދިލެއްވުމުގެ މަތިން، ހއ. އިހަވަންދޫ އާމިނާދިޔޯ ސިއްޙީމަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށާއި އެމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އެކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާކަމުގައެވެ. އަދި އެމަސައްކަތްތަށް ޝަރުތުހަމަވާ ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިން ކަމަށްވެސް ފިނޭންސް މިނިސްޓްރީގެ އިއުލާނުގައިވެއެވެ.

މި ބީލަމުގައި ބައިވެރިވުމަށް -/1,500 (ފަނަރަ ސަތޭކަ ރުފިޔާ ނުވަތަ 100 ޔޫ.އެސް ޑޮލަރ) ދިވެހި ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެއެވެ. ފައިސާ ބަލައިގަންނާނީ 13 ސެޕްޓެންބަރު 2020 އިން 22 އޮކްޓޫބަރު 2020 އަށް، ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރި ކޮށް ކަމަށް ފިނޭންސް މިނިސްޓްރީއިން ވަނީ ބުނެފައެވެ. މި ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީ ގޮތުގައި 1,300,000.00 ދިވެހި ރުފިޔާ ނުވަތަ އެއާ އެއްވަރުގެ އަދަދެއް ޔޫ.އެސް ޑޮލަރ އިން އިން ބަހައްޓަން ޖެހޭއިރު ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ. މި ޕްރޮޖެކްޓްގެ ބީލަން ހުޅުވުން އޮންނާނީ 25 އޮކްޓޫބަރު 2020 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައިކަމަށް ފިނޭންސުން ކުރި ޢިއުލާނުގައި ބުނެފައިވެއެވެ.

އާމިނާދިޔޯ ސިއްހީމަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަކީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. އަދި މިމަހުގެ 8 ވަނަދުވަހު ވަނީ، 127000 (އެއްލައްކަ ހަތާވީސް ހާސް) އަކަފޫޓަށްވުރެ ބޮޑު ބިމެއް އިހަވަންދޫއިން މިނިސްޓްރީ އޮފް ހެލްތްގެ ބޭނުންމަށް ދޫކޮށްފައެވެ.

އިހަވަންދޫ ސިއްޙީ މަރުކަޒު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ