މެމްބަރާއެކު ތިން މުއައްސަސާއެއް ހިމެނޭގޮތަށް މަޝްވަރާ ބައްދަލުވުމެއް

11 ސެޕްޓެމްބަރު 2020 0

އާމިނާ ދިޔޯ ހެލްތު ސެންޓަރާއި، އިހަވަންދޫ ފެނަކަ އާއި، އިހަވަންދޫ ކައުންސިލް އަދި އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މަޖިލިސް މެމްބަރު މުހައްމަދު ޝިފާއުއާ ގުޅިގެން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

އޮންލައިން ކޮށް ކުރިއަށް ގެންދިޔަ މިބައްދަލުވުމުގައި، އިހަވަންދޫގެ ސިއްޚީ ދާއިރާއަށް ގެނެވިގެންދާ ބަދަލައި ގުޅޭގޮތުން މަޝްވަރާ ކުރެވިފައި ވެއެވެ. އަދި އިހަވަންދޫގެ ސިއްޚީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމާ ގުޅޭގޮތުން އިތުރަށް ބޭނުންވާ ބިން ހޯދުމަށް ހެލްތު މިނިސްޓްރީން އެދިފައިވާ ބިން ހަމަޖެއްސުމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވެނު ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

އާމިނާ ދިޔޯ ހެލްތު ސެންޓަރުގެ ފަރާތުން މިބައްދަލުވުމުގައި ބައިވެރި ވެފައިވަނީ އެތަން ހިންގުމާ ހަވާލުވެ ހުންނެވި މެނާޖަރ އޮފް ހެލްތު ސާރވިސަސް މުހައްމަދު އަކުރަމެވެ. ކައުންސިލްގެ ފަރާތުން ބައިވެރި ވެފައިވަނީ ކައުންސިލްގެ ރައީސާއި، ޑައިރެކްޓަރުގެ އިތުރުން ކައުންސިލްގެ މެމްބަރު އިބްރާހިމް ޚަލީލް އެވެ.

މި ބައްދަލުވުން ކުރިއަށް ދިޔައީ މިދިޔަ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުގެ 13:00 ގައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ