މާވަޑި ޕުލާޒާއާ އެކު ދަނޑުވެރިންގެ ކަން ބޮޑުވުންތަކަށް ހައްލެއް!

11 ސެޕްޓެމްބަރު 2020 0

އިހަވަންދޫގައި ގަސްކާނާ ވިއްކުމަށް ހާއްސަކޮށްގެން މާވަޑި ޕުލާޒާގެ ނަމުގައި ފިހާރައެއް ހުޅުވާފިއެވެ.

މި ފިހާރަ ހުޅުވާފައިވަނީ ކުރިން "އޭ ޕުލަސް" ބުކް ޝޮޕް ހިންގި ފިހާރާގައެވެ. މި ނޫހަށް މަޢުލޫމާތު ދެއްވަމުން މާވަޑި ޕުލާޒާގެ ވެރިޔާ އަލީ ފުޢާދު ބުނީ މި ފިހާރައިން މާ ގަސްތަކާއި، ގަސް ކާނާއާއި، ގަސް އިންދުމަށް ބޭނުން ކުރާ ތަކެތީގެ އިތުރަށް ދޫނި ގެންގުޅޭ ފަރާތްތަކަށް ބޭނުންވާ ތަކެތި ލިބެން ހުންނާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތާގައި ޕޮންޑް ފަދަ ތަކެތީގައި މަސް ގެން ގުޅެން ލޯބި ކުރާ ފަރާތްކަށް ބޭނުނުންވާ ތަކެތިވެސް މި ފިހާރައިން ލިބެން ހުންނާނެ ކަމަށެވެ.

އެނާ އިތުރަށް ބުނީ، މި ފިހާރައިގެ ޑެލެވެރީ ޚިދުމަތް މި ސަރަހައްދުގެ އެހެން ރަށްތަކަށް ވެސް ފޯރު ކޮށްދެމުން ދާ ކަމަށެވެ. އެގޮތުން ހއ އަދި ހދ ގެ ރަށް ތަކަށް މިޚިދުމަތް މިހާރުވެސް ފޯރު ކޮށްދެވިފައިވާނެ ކަމަށެވެ.

މިއީ މިހާތަނަށް މިފަދަ އޯޑިއަންސް އަކަށް އަމާޒުކޮށް އިހަވަންދޫގައި ހުޅުވުނު ފުރަތަމަ ފިހާރަކަން ވެސް ފާހަގަ ކޮށްލެވެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ