[HEADER BANNER]
[AD]

އަލަށްދޫކޮށްފައިވާ ގޯތިތައް ރަޖިސްޓްރީކުރުމުގެ އުސޫލު އަންމުކޮށްފި

15 ސެޕްޓެމްބަރު 2020 1

އިހަވަންދޫއިން އަލަށް ދޫކޮށްފައިވާ 200 ބަންޑާރަގޯތި ރަޖިސްޓްރީކުރުމުގައި އަމަލުކުރަންވީގޮތުގެ އުސޫލު އިހަވަންދޫކައުންސިލުން އާންމުކޮށްފިއެވެ. އެގޮތުން މިހާތަނަށް ކަންމުޑި އަޅާނިމިފައިވާ ގެތަކުގެ ވެރިން، ގެވަޅުތަކުގައިހުރި ރުއްގަހަށް ބަދަލު ދިނުމަށްފަހު އެކަމަށް ހާއްސަކޮށްފައިވާ ފޯމްފުރައި، ބަދަލު ދިން ރުއްގަސް ކަނޑައި ބިންސާފުކުރުމަށްފަހު "ގޯތި ރަޖިސްޓްރީ ކޮށްދޭ ފޯމް" އާއި އެކު ހުށަހެޅުމުން ގޯތިތަކުގައި ރަޖިސްޓްރީ ހައްދައި ދޭނެއެވެ.

ގޯތި ރަޖިސްޓްރީ ކޮށްދޭ ފޯމް ކައިންސިލް އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެކަމަށް ކައުންސިލުން މައުލޫމާތުދެއެވެ. ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ މިފަހަރު ގޯތިތައް ރަޖިސްޓްރީ ކޮށްދޭނީ، ގެވަޅުތަކުގައިހުރި ބަދަލުދޭންޖެހޭ ރުއްގަހަށް ބަދަލުދީ، ބަދަލުދިން ރުއްގަސްކަނޑައި ބިން ސާފުކުރުމުން ކަމުގައެވެ. އެގޮތަށް ނިންމާފިވަނީ ކުރީގެ ތަޖުރިބާއަށް ބަލާފައިކަމުގައި ރަޝީދު ވިދާޅުވިއެވެ. "ބައެއް މީހުން ގެއަޅައި އެތަންތަނަށް ދާއިރުވެސް ކައިރީގައި ހުރި ގެވަޅުތަކުގެ ދިގު ރުއްގަސް ހުންނަނީ ނުކަނޑައި، އެތަކެތިން އެތައް ގެއްލުމެއް އާބާދުވާ ގެވަޅުތަކުގެ މީހުންނަށްއެބަވޭ. އަނެއްކާ އެރުއްތައް މިކެނޑެނީ އެތައް ދުވަހެއްފަހުން" ރަޝީދު ވިދާޅުވިއެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ކޮބާހޭ ދެވަނަ ބުރުގެ 100 ގޯތި․ ކޮންއިރަކުންތޯ އިޢުލާންކުރަނީ

– 15 ސެޕްޓެމްބަރު 2020 0