[HEADER BANNER]
[AD]

ފެނަކައިން އިހަވަންދޫއަށް ފޮނުވި ބައެއްތަކެތި ހުރި ކޮޅުވެއްޓިއެއް ފަރަށް އަރައިފި

19 ސެޕްޓެމްބަރު 2020 0

ފެނަކައިން އިހަވަންދޫއާއި އުތުރުގެ ބައެއް ރަށްރަށަށް ފޮނުވާ ބައެއް މުދާ ހިފައިގެން ދަތުރުކުރަމުންދިޔަ ކޮޅުވެއްޓިއެއް ފަރަށް އަރައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި 140 ފޫޓުގެ ހެވީ ސްޓާރ ނަމަކަށް ކިޔާ އެ ކޮޅުވެއްޓި ފަރަށްއެރީ މިމަހުގެ 14 ވަނަ ދުވަހުއެވެ. ފަރަށް އަރާފައިވާ ކޮޅުވެއްޓިއަކީ ފެނަކައިން ރަށްރަށަށް މުދާފޮނުވުމަށް ހަވާލުކޮށްފައިވާ، ހެވީލޯޑް ކުންފުނީގެ އުޅަނދެކެވެ.

މިކަމާއި ގުޅިގެން ފެނަކައިން ބުނެފައިވަނީ، ރަށްރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް، އެ ރަށްރަށަށް ގެންދާ ޖަނަރޭޓަރު ސެޓްތައް ހިފައިގެން ދަތުރުކުރި ކޮޅުވެއްޓީގައި ހުރި ހުރިހާ މުދަލެއް އެމްޓީސީސީގެ އެހީތެރިކަމާއި އެކު މިއަދު ބާލައި ނިމޭނެކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮޅުވެއްޓީގައި އިހަވަންދޫ، ދިއްދޫ އަދި ފިއްލަދޫއަށް ގެންދާ 3 ޖަނަރޭޓަރަކާއި ބާރަށަށް ގެންދާ ކޭބަލްތަކެއްގެ އިތުރުން އިތުރު މުދާވެސް ހުއްޓެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފަރަށްއެރި ކުޅުވެއްޓީގައި ހުރި މުދަލުގެ ތެރެއިން އިހަވަންދޫއަށް ފޮނުވާފައިހުރީ އެއް މެގަވޯޓްގެ ޖަނަރޭޓަރަކާއި، އިހަވަންދޫ ސްކޫލަށް ފޮނުވާފައިހުރި ޕެނަލް ބޯޑެކެވެ. ފެނަކައިން ބުނެފައިވަނީ ފަރަށްއެރި ކުޅުވެއްޓީގައިހުރި ތަކެތި ފޮނުވަންޖެހޭ ރަށްތަކަށް 3 ދުވަސްތެރޭ އެތަކެތި ފޮނުވުމުގެ މަސައްކަތް ކުރަމުން ދާކަމުގައެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ