[HEADER BANNER]
[AD]

އެއާޕޯޓުގައި ޖެޓީ ނާޅާކަމުގެ ކަންބޮޑުވުން މަނަފަރު ރިސޯޓުން ފާޅުކޮށްފި

21 ސެޕްޓެމްބަރު 2020 7

ހއ.އުނގުލިފިނޮޅު ބިއްދޮށް ހިއްކައިގެން އެމް.ޓީ.ސީ.ސީން ތަރައްގީކުރަމުންދާ، އިހަވަންދިއްޕޮޅު އެއާޕޯޓްގައި، ލަފާފުރުމަށް ވަކި ޖެޓީއެއް ނަހަދާތީ އެކަމުގެ ކަންބޮޑުވުން މަނަފަރު ރިސޯޓުން ވެސް ފާޅުކޮށްފިއެވެ.

މަނަފަރު ރިސޯޓުގެ ސީނިއާ މެނޭޖްމެންޓްގެ އިސް ބޭފުޅަކު ނަން ހާމަ ނުކުރުމަށް އެދިވަޑައިގެން މި ނޫހަށް ވިދާޅުވީ، އެއާޕޯޓްގެ މަސައްކަތް ނިމެންދާއިރު ސީދާ އެއާޕޯޓަށް ވަކިން ލަފާފުރޭނެ އިންތިޒާމެއް ހަމަޖެހިފައި ނުވުމަކީ އެ އެއާޕޯޓްގެ ޚިދުމަތް ހޯދުމަށް އެ ރިސޯޓަށް އިތުރު ތަކުލީފަކާއި މާލީ ބޮޑު ބުރައެއް އުފުލަން ޖެހޭނެ ކަމެއް ކަމަށެވެ.

"ވަކިން އޮތް އެއާޕޯޓެއް. ޖެޓީއެއް ހެދެން އެބޮތް. ހޯރަފުއްޓަށް ގޮސް އެއްގަމު އުޅަނދެއްގައި ހޯރަފުށީ މަގުން އެއާޕޯޓަށް ދަތުރުކުރަން ޖެހިއްޖެއްޔާ އެ ވާނީ އަޅުގަނޑުމެންނަށް ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމަކަށް. ވަކި ޖެޓީއެއް ނަހަދަންވީ ކީއްވެ؟" އޭނާ ވިދާޅުވިއެވެ.

އެމް.ޓީ.ސީ.ސީން ދާދިފަހުން ޚަބަރުދީފައިވާގޮތުން، އެއާޕޯޓް އެޅުމަށް އެ ކުންފުނީގެ މަހާޖައްރާފުން މިދިޔަ އަހަރު ހިއްކި ބިމުގައި ކުރަމުންދާ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ދާދި އަވަހަށް ނިމޭނެއެވެ.

އެއާޕޯޓްގެ މަސައްކަތް ނިމެންދާއިރު ވެސް އެއާޕޯޓަށް ލަފާފުރުމަށްޓަކައި ހަދަން ޖެހޭ ޖެޓީގެ މަސައްކަތުގެ އެއްވެސް މަޢުލޫމާތެއް އެއްވެސް މުޢައްސަސާއަކުން ހާމަކޮށްފައި ނުވުމާއި، އެ މަސައްކަތް އެއްވެސް ފަރާތަކާ ވެސް ހަވާލުކޮށްފައި ނުވާތީ އެއާޕޯޓްގައި ޖެޓީއެއް އަޅާނެކަމާމެދު ސުވާލު އުފެދި އެކަމާ ކަންބޮޑުވެގެން ތިލަދުންމަތީ އުތުރުބުރިއަށް ނިސްބަތްވާ ބައެއް ރަށްރަށުގެ ޒުވާނުންގެ ބޮޑު ދައުރެއް އޮވެގެން އޮންލައިން ޕެޓިޝަނެއް ހެދުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

އިހަވަންދިއްޕޮޅު އެއާޕޯޓަށް ވަކިން ލަފާފުރޭ ގޮތަށް ޖެޓީއެއް އެޅުމަކީ އެއާޕޯޓާ ކައިރި ރަށްރަށާއި ރިސޯޓްތަކުން ނުހަނު ބޮޑަށް އެދެމުންދާކަމެވެ.

އެއާޕޯޓް އެޅުމަށް ހިއްކާފައިވާ ބިމުގެ އެއްކޮޅު ހޯރަފުއްޓާ ގުޅުވާލާފައިވާއިރު، މިހާރު އެއާޕޯޓް ނިމެމުން އެދަނީ އެއާޕޯޓަށް ލަފާފުރުމަށް ހޯރަފުށީ ބަނދަރު ބޭނުންކުރުން ނޫން ގޮތެއް ނޯންނަ ގޮތަށްކަން ފާހަގަކުރެވެއެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ވަކިން އޮތް އެއަޕޯޓެއް ނޫން ބިންހިއްކާފަ ހޯރަފުއްޓާގުޅުވާފަ ހޯރަފުށީގެ އިޙްތިސާސްގެ ތެރޭގަ އޮތް ތަނެއް․ އަދި މުސްތަގުބަލުގަ ހިއްކަންއޮތީވެސް އެއަރޕޯޓް ރަށުތެރެއަށް އެއްކޮށްވަންނާނެ ގޮތަށް․․ ތިޔަހެންވީއިރު އިހަވަންދޫ އުތުރުފަރާތުގަ ހިއްކާ ބިމަށް އަހަރެމެން ކިޔަންވީ ހުވަންހަންދޫ ކުރިމަތިން އިހަވަންދޫއާ ގުޅޭގޮތަށް ހިއްކާފައިވާ ބިން ދެއްތޯ؟

– 21 ސެޕްޓެމްބަރު 2020 0

ހައްހައްހާ އިވަންދޫ އިގުބާލުމެން އަނބުރާގޭސް․․މަނަފަރަށްވެސް 1․5 ކިލޯމީޓަރު ކުރު ދަތުރެއް ލިބޭނެ ކަނޑުމަގުން․․ ކަނޑުގަދައިރު އެޑްވާންޓޭޖަކަށްވާނެ․․ތެޔޮ އަނދާލެއއ މަދުވާނެ․․ އަމިއްލަ ވެހިކަލެއް ބޭއްވީމަ އެނިމުނީ އިތުރު ޚަރަދަކާނުލައި ކަން ނިމޭނެ․․ އެނޫން ގޮތަކަށް ހޯރަފުށީ ޢިޙްތިސާސްގެ ތެރޭގަ ފަޅުން މަޤެއްކޮނެގެން ޖެޓީއެއް ލެވޭނީ 24 ގަޑިއިރު ފުލުހުންނާ ސިފައިން ހަތިޔާރާއެކު ތިބެގެން ހެން ހީވަނީ․․ ދެން އޮތީ ޖެލެންޖުނުކޮށް ގަދަބަސްނުބުނެ ސުލްހައިގެ މޭޒަށް އައިސްމަޝްވަރާކުރުން

– 21 ސެޕްޓެމްބަރު 2020 0

Bridge eh alhaane ihavandhoo kudhin araa faiban haas nuway.

– 21 ސެޕްޓެމްބަރު 2020 0

އިހަވަންދިޕޮޅުގައި އަޅާ އެއަރ ޕޯޓަކީ ހޯރަފުށީގެ ތަރިކަށް މުދަލެއް ނޫން․․ އެހެން ނަމަވެސް އެއްފަޅެއްގެ ތެރޭގައި އޮތުމުން އޭގެ ނަފާ ހޯރަފުއްޓަށް ބޮޑުވުމަކީ މައްސަލައެއް ނޫން․․․․ މިސާލަކަށް ހޯރަފުށީ ރައްޔުތުންނަށް އެއްގަމު މަގުން ޚަރަދެއްނެތި ދަތުރުކުރުމަށް ކޯޒުވޭ އަކުން އެއާރ ޕޯޓްއަށް ގުޅާލާފައި އޮތުން․․ ނަމަވެސް އަތޮޅުގެ އެހެން ރައްތަކުން ބޮޑު ޚަރަދުކޮށް ދަތުރުކޮށްފައި އައިސް އަދި އިތުރަށް ހޯރަފުއްޓަށް ދިރުން ގެންނަން ހޯރަފުށީ ޓެކްސީތަކަށް މުދާލައި އެމުދާތައް ތިން ހަތަރުތަނަށް ބަދަލުކޮށް ޓެކްސީ ކުއްލިދައްކަން މަޖުބޫރުކުރުމަކީ އަތޮޅުގެ އެހެން ރައްޔިތުންގެ އަތުން ފޭރުން ކަމުގައި ދެކެން․․․ ހޯރަފުއްޓަށް ދިރުން ގެނެވެން ސަލީމަށް އޮތް ފޯމިއުލާއަކީ އަޮތޮޅުގެ އެހެން ރައްތަކުން ހޯރަށްފުއްޓަށް ޖިޒީ ދައްކާގެން ކަމުގައިވަނީ ނަމަ ޓެކްސީތަކުން ތިޔަ ނަގަން އުޅޭ ރުފިޔާ ދައްކަން އަަތޮޅުގެ ރައްޔިތުން މިތިބީ ތައްޔާރަށް․ އެކަމު ޖެޓީއެޅުމަށް ހުރަހަކަށް ނުވޭ․․ އެެއަރޕޯޓް އަޅަން އެންމެ ރަގަޅު ތަނަކީ ހުވަހަންދޫކަމަށްވީ ހިިނދު، އެއާރޕޯޓްގެ ހުރިހާ ވަޒީފާތަކާއި ޚިދުމަތްތައް އަމިއްލަ ކުރުމަށް ،އެއަރޕޯޓް ގެންގޮސް އަންބޮޑިދަށަށް ލާ ކޯޒުވޭއަކުން ގުޅާލި އިރުވެސް އަތޮޅުގެ ރައްޔިތުން އެއްޗެއް ނުބުނޭ․․․އެކަމު އަމިއްލަ އެދުން ބޮޑުވިޔަސް ތީ ބޮޑުވަރު․ އަަތޮޅުގެ ރައްޔިތުން ފަސޭހަކަމާއި އެކު ކަނޑުދަތުރު ފިޔަވައި އިތުރުޚަރަދެއް ނުކޮށް އޮތްމަގަށްވެސް ތިއަޅަނީ ހުރަސް․․ އަދޮ ރާއްޖެޓީވީއަށް ދިން މަޤުބޫލުކަމުގެ ބޭނުން ނާޖާއިޒްގޮތުގައި ބޭނުންކޮށް ހޯރަ ޓީވީއަކަށް އޮތީ ހަދާފައި ․އެއަރޕޯޓަށް ނަމެއް ނުދެނީސްހޯރަފުށީ އެއަރ ޕޮޓްކިޔާގެން ރާއްޖެ ޓީވީން ޕްރޮމޯޓްކުރަނީ․․އިހަވަންދިޕޮޅު އެއީ އިހަވަންދޫއަށް ވަކި ނިސްބަތްވާ ނަމެއް ނޫން․․ އެއީ ޖިއޮގްރަފީގޮތުން ގައްލަންދޫ އެތެރެވަރީގެ އޮތް ރަށްތަކަށް ކިޔާ ނަމެއް․․އިހަވަންދޫ މީހުންނާއި ޒާތީވިޔަސް ބޮޑުވަރު․․ އިހަވަންދިޕޮޅުގައި އަޅާ އެއަރޕޯޓްއަކަށް އިހަވަންދިޕޮޅު އެއަރޕޯޓްވެސް ނުކިޔާ ތިޔައުޅޭނީ․․ ދަރިޔަކަށް ބަފާ ކަށަވަރުނުކުރަން އުޅޭ އުޞޫލުން

– 22 ސެޕްޓެމްބަރު 2020 1

އިހަވަންދިޕޮޅުގައި އަޅާ އެއަރ ޕޯޓަކީ ހޯރަފުށީގެ ތަރިކަށް މުދަލެއް ނޫން․․ އެހެން ނަމަވެސް އެއްފަޅެއްގެ ތެރޭގައި އޮތުމުން އޭގެ ނަފާ ހޯރަފުއްޓަށް ބޮޑުވުމަކީ މައްސަލައެއް ނޫން․․․․ މިސާލަކަށް ހޯރަފުށީ ރައްޔުތުންނަށް އެއްގަމު މަގުން ޚަރަދެއްނެތި ދަތުރުކުރުމަށް ކޯޒުވޭ އަކުން އެއާރ ޕޯޓްއަށް ގުޅާލާފައި އޮތުން․․ ނަމަވެސް އަތޮޅުގެ އެހެން ރައްތަކުން ބޮޑު ޚަރަދުކޮށް ދަތުރުކޮށްފައި އައިސް އަދި އިތުރަށް ހޯރަފުއްޓަށް ދިރުން ގެންނަން ހޯރަފުށީ ޓެކްސީތަކަށް މުދާއަރުވައި އެމުދާތައް ތިން ހަތަރުތަނަށް ބަދަލުކޮށް ޓެކްސީ ކުއްލިދައްކަން މަޖުބޫރުކުރުމަކީ އަތޮޅުގެ އެހެން ރައްޔިތުންގެ އަތުން ފޭރުން ކަމުގައި ދެކެން․․․ ހޯރަފުއްޓަށް ދިރުން ގެނެވެން ސަލީމަށް އޮތް ފޯމިއުލާއަކީ އަތޮޅުގެ އެހެން ރައްތަކުން ހޯރަށްފުއްޓަށް ޖިޒީ ދައްކާގެން ކަމުގައިވަނީ ނަމަ ޓެކްސީތަކުން ތިޔަ ނަގަން އުޅޭ ރުފިޔާ ދައްކަން އަތޮޅުގެ ރައްޔިތުން މިތިބީ ތައްޔާރަށް․100 ވިޔަސް އޯކޭ... އެކަމު ޖެޓީއެޅުމަށް ހުރަހަކަށް ނުވޭ․․

– 22 ސެޕްޓެމްބަރު 2020 1

އެއަރޕޯޓް އަޅަން އެންމެ ރަގަޅު ތަނަކީ ހުވަހަންދޫކަމަށްވީ ހިނދު، އެއާރޕޯޓްގެ ހުރިހާ ވަޒީފާތަކާއި ޚިދުމަތްތައް އަމިއްލަ ކުރުމުގެ ބޭނުމުގައި ،އެއަރޕޯޓް ގެންގޮސް އަންބޮޑިދަށަށް ލާ ކޯޒުވޭއަކުން ގުޅާލި އިރުވެސް އަތޮޅުގެ ރައްޔިތުން އެއްޗެއް ނުބުނޭ․․․އެކަމު އަމިއްލަ އެދުން ބޮޑުވިޔަސް ތީ ބޮޑުވަރު․ ރާއްޖެޓީވީއަށް ދިން މަޤުބޫލުކަމުގެ ބޭނުން މާއި އައިޝާގެ ވަޒީރުކަމުގެ ބާރުގެ ބޭނުން ނާޖާއިޒްގޮތުގައި ބޭނުންކޮށް ހޯރަ ޓީވީއަކަށް އޮތީ ހަދާފައި ․އެއަރޕޯޓަށް ނަމެއް ނުދެނީސް ހޯރަފުށީ އެއަރ ޕޯޓްކިޔާގެން ރާއްޖެ ޓީވީން ޕްރޮމޯޓްކުރަނީ․․އިހަވަންދިޕޮޅު އެއީ އިހަވަންދޫއަށް ވަކި ނިސްބަތްވާ ނަމެއް ނޫން․․ އެއީ ޖިއޮގްރަފީގޮތުން ގައްލަންދޫ އެތެރެވަރީގެ އޮތް ރަށްތަކަށް ކިޔާ ނަމެއް․․އިހަވަންދޫ މީހުންނާއި ޒާތީވިޔަސް ބޮޑުވަރު․․އިހަވަންދުޕޮޅުގައި އަޅާ އެއަރޕޯޓްއަކަށް "އިހަވަންދިޕޮޅު އެއަރޕޯޓް" ކިޔާން ނޫޅޭން އުޅޭއުޅުން ފަހުމުވަނީ ދަރިޔަކަށް ބަފާ ކަށަވަރުކުރަން ނޫޅޭ އުޞޫލުން...

– 22 ސެޕްޓެމްބަރު 2020 1

ހޯރަފުށީ ބަނދަރު ބޭނުންކުރުން އިހަވަންދޫ މީހުންނަށް ހަރާމީތަ․․؟ ޒާތީ ވިޔަސް ބޮޑުވަރު، މިއަދު އެއަރޕޯޓޭ ފުރަތަމަ މަސައްކަތްކުރީ ހޯރަފުށީ ފަޅުގަ އެއަރޕޯޓް އެޅިޔަ ނުދޭން، ބަހަނާއަކަށް ދެއްކީ 3 މިނެޓުން ދެވެން އޮތް ތަނަކަށް 15 މިނިޓުން ދެވުނަސް އޯކޭއޭ މޮޅަދޫގަ އެއަރޕޓް އަޅައިދޭށޭ، އެކަން ނުވީމަ ދެން މިއުޅެނީ ހޯރަފުށްޓަށް ނާރާ އެއަރޕޯޓަށް އަރަން ތިމަންނަ މެންނަށް ވަކިން ހޯރަފުށި ފަޅުގަ ޖެޓީ އަޅައިދޭށޭ ކިޔައިގެން، މިކަން ކާމިޔާބު ނުވާނެކަން އިނގޭތީ އެއަރޕޯޓްގެ ނަމުން ހޯރަފުށި ކަނޑާލެވޭތީ މިއުޅެނީ، މި ދުނިޔޭގަވެސް މިހާ ހަސަދަވެރި އެހެން ބަޔަކު ތިބެދާނޭ ހިޔެއްނުވޭ، މިހުރިހާ ކަމެއް ކުރާއިރުވެސް ހޯރަފުށީ ރައްޔިތުން ހޭލަކަށް ނުވޭބާ؟؟؟

– 23 ސެޕްޓެމްބަރު 2020 0