[HEADER BANNER]
[AD]

ހޯރަފުށީ އެއާޕޯޓުގެ ޓާމިނަލް އަދި ފަޔަރ އިމާރާތުގެ މަސައްކަތް ފަށައިފި

21 ސެޕްޓެމްބަރު 2020 0

ހއ. ހޯރަފުށީ އެއާޕޯޓުގެ ފަސިންޖާ ޓާމިނަލް އަދި ފަޔަ ސްޓޭޝަންގެ މަސައްކަތް ފަށައިފިއެވެ.

އމޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ އެމަސައްކަތްތައް މިމަހުގެ 19 ވަނަ ދުވަހު ފަށާފައިވާ ކަމަށެވެ. 13.8 މިލިއަން ރުފިޔާ ހޭދަކޮށްގެން  ކުރިއަށްގެންދާ މި މަޝްރޫއު އެއްކޮށް ނިންމާލުމަށް އެމްޓީސީސީއަށް ދީފައި ވަނި 80 ދުވަހުގެ މުއްދަތެކެވެ.

ހޯރަފުށީ އެއާޕޯޓު ހަދަމުން އަންނަނީ އެ ރަށުގެ ފަޅުން ބައެއް ހިއްކައިގެންނެވެ. އެގޮތުން 1200 މީޓަރު ދިގު، 35 މީޓަރު ފުޅާ ރަންވޭއަކާއި އެކު ހަދާ މި އެއާޕޯޓުގައި 8635 ސްކޮޔަރ މީޓަރުގެ އޭޕްރަންއަކާއި ޓެސްކީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި 9473 ސްކޮޔަރ މީޓަރުގެ ޕާކިން އޭރިއާއެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި 1718 ސްކޮޔަ މީޓަރުގެ ފަޔަ އެކްސެސް މަގަކާއި 720 މީޓަރުގެ ސަރަހައްދެއްގައި ފެންސް ޖެހުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ހޯރަފުށީ އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 93 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ