[HEADER BANNER]
[AD]

ހއ. އުލިގަމު އިންޖީނުގެ ރީލޮކޭޝަން މަޝްރޫޢުގެ 65 އިންސައްތަ ނިމިއްޖެ

23 ސެޕްޓެމްބަރު 2020 0

ހއ. އުލިގަމުގެ އިންޖީނުގެ އެކަހަރި ސަރައްހައްދަކަށް ބަދަލު ކުރުމުގެ މަޝްރޫޢޫގެ 65 އިންސައްތަ މިހާރު ނިމިފައިވާކަމަށް ފެނެކައިން ބުނެފިއެވެ.

މި ދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 13 ގައި އަމަލީ މަސައްކަތް ފެށި މި މަޝްރޫޢުގެ ސަބަބުން މިހާރު ރަށުގެ މެދުގައި ހުރި އިންޖީނުގެ އެހެން ސަރަހައްދަކަށް ބަދަލުކުރެވިގެން ދިޔުމުން، ރަށުގެ ރައްޔިތުން މިހާރު ތަހައްމަލް ކުރަމުން އަންނަ ދަތިތަކަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ފެނަކައިން ބުނެއެވެ. އަދި ރަށުގައި ދެމުން ގެންދާ ކަރަންޓުގެ ފެންވަރު އިތުރަށް ރަނގަޅުވެ، އިތުރުވަމުންދާ ޑިމާންޑާ އެއްވަރަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް މި މަޝްރޫޢު މުހިއްމު ރޯލެއް ކޫޅެނެ ކަމަށް ވެސް ފެނަކައިން މައުލޫމާތު ދެއެވެ.

އުލިގަމުގެ އިތުރުން ހއ. އުތީމު އިންޖީނުގެ އެހެން ސަރައްހަދަކަށް ބަދަލު ކުރުމުގެ މަޝްރޫޢުގެ ވެސް 50 އިންސައްތަ މިހާރު ނިމިފައި ވާކަމަށް ފަނަކައިން މައުލޫމާތު ދެއެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ