[HEADER BANNER]
[AD]

ހޯރަފުށިން ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ފައްސި ވެއްޖެ

26 ސެޕްޓެމްބަރު 2020 0

ހއ. ހޯރަފުށިން ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް19 އަށް ފައްސި ވެއްޖެ އެވެ.

ހޯރަފުށީ ކައުންސިލްގެ އިދާރާއިން އާއްމުކުރި ދެންނެވުމެއްގައި ބުނެފައިވަނީ ހޯމް 2020 ސެޕްޓެންބަރު 09 ވަނަ ދުވަހުން ފެށިގެން ހޯމް ކަރަންޓީންގައި ހުރި ފަރާތްތަކުގެ ތެރެއިން 14 ދުވަހުގެ މުއްދަތު ހަމަވުމާއި ގުޅިގެން ނެގި ސާމްޕަލްތަކުގެ ތެރެއިން 01 ފަރާތެއްގެ ސާމްޕަލް ކޮވިޑް-19 އަށް ފައްސި ވެފައިވާކަމަށެވެ.

ކޮވިޑަށް ފައްސިވެފައިވަނީ ހޯމްކަރަންޓީނުގައި ހުރި ފަރާތެއް ކަމުގައި ވީނަމަވެސް، މިހާލަތުގައި ގެއިން ބޭރަށްނުކުމެ އުޅޭއިރު އިޖުތިމާއީ ގާދުރުކަން ބެހެއްޓުމާއި މާސްކު އެޅުމަށް ހޯރަފުށީ ކައުންސިލުން އިލްތިމާސްކުރައްވައެވެ.

ހޯރަފުށީ ސިއްހީމަރުކަޒުން ބުނެފައިވަނީ ހޯމް ކަރަންޓީނުވެފައިވާ ތިއްބަވާ ފަރާތްތަކުން ހޯމް ކަރަންޓީނުގައި އަމަލުކުރާ އުސޫލުތަކަށް އަމަލު ނުކުރާކަމުގެ ޝަކުވާއާއި ކަރަންޓީނުގައިވާ ފަރާތްތަކަށް ޒިޔާރަތްކުރާކަމުގެ ޝަކުވާ އެމަރުކަޒަށް ލިބެމުންދާ ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހުރިހާ ފަރާތްތަކުންވެސް ހޯމްކަރަންޓީނުގައި އަމަލުކުރާ އުސޫލުތަކަށް ފުރިހަމައަށް ކިޔަމަންވުމަށް އެމަރުކަޒުން އިލްތިމާސްކޮށްފައި ވެއެވެ.   

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ