[HEADER BANNER]
[AD]

އިހަވަންދޫން ކޮވިޑަށް ފައްސިވި އެންމެން ބަލިން ރަނގަޅުވެއްޖެ

27 ސެޕްޓެމްބަރު 2020 0

ހއ. އިހަވަންދޫ ބަނދަރުމަތި. ފޮޓޯ: ޢަބުދުﷲ އިރުޝާން

ހއ. އިހަވަންދޫއިން ކޮވިޑް-19 އަށް ފައްސިވި 7 މީހުން ބަލިން ރަނގަޅުވެ މިއަދު ގެއަށް ދޫކޮށްލައިފިއެވެ.

އާމިނާ ދިޔޯ ސިއްޙީމަރުކަޒުން މައުލޫމާތު ދެއްވައި ގޮތުގައި، މި މަހުގެ 12 ވަނަ ދުވަހު ރަށުން ކޮވިޑަށް ފައްސިވި ދިވެހި މީހާއާއި ބިދޭސީ 6 މީހުން ވެސް ބަލިން ރަނގަޅުވެ މިއަދު ވަނީ ގެއަށް ދޫކޮށްލައިފައެވެ. އަދި ވިދާޅުވީ އެ އެންމެންގެ ހާލު ވެސް ރަނގަޅުކަމަށެވެ.

ކަރަންޓީނުގެ މުއްދަތުގައި ދެއްވި އެއްބާރުލުމަށާއި ކެތްތެރި ކަމަށް އެފަރާތްތަކަށް އާމިނާ ދިޔޯ ސިއްޙީމަރުކަޒުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ބަލިވި 7 މީހުންވެސް ރަނގަޅުވުމާއެކު މިވަގުތު އިހަވަންދޫގައި އެކްޓިވް ކޮވިޑް ކޭހެއް ނެތެވެ. ނަމަވެސް ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅުމަށް ސަމާލުކަން ދިނުމަށް އާމިނާ ދިޔޯ ސިއްޙީމަރުކަޒުން އެދިލައްވައެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ