[HEADER BANNER]
[AD]

އިހަވަންދޫ ބަނދަރު މަސްރޫޢުގެ 24 އިންސައްތަ މަސައްކަތް ނިމިއްޖެ

28 ސެޕްޓެމްބަރު 2020 0

ހއ. އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 24 ޕަސެންޓް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓުރާންސްޕޯޓު އެންޑު ކޮންޓުރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީގެ ރަސްމީ ފޭސްބުކު އެކައުންޓުން މިއަދު ކޮށްފައިވާ ޕޯސްޓުގައި ބުނެފައި ވަނީ އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 38 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 21،295 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 284 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 178 މީޓަރުގެ ސަރަހައްދެއްޖައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އަދި މަގުބައްތިއާއި ނެރު ބައްތި ހަރުކުރުމާއި، 4582 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނޭ މި މަޝްރޫއު އަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 51.72 މިލޔަން ރުފިޔާގެ މަޝްރޫއެކެވެ.

މި މަސްރޫއު ނިމޭއިރު މިހާރު ބަނދަރުގައި އުޅަނދުފަހަރު އެޅުމަށް ބޭންނުން ކުރާ 541 މީޓަރަށް އިތުރު 290 މީޓަރު އިތުރުވެގެން ދާނެއެވެ. މުވާއި އެކު ބަނދަރުގެ މަސައްކަތް ނިމޭއިރު ބަނދަރު %53 ބުޑުވާނެއެވެ. އިހަވަންދޫއަކީ ފުރާ ދުއްވާ އުޅަނދު ގިނަ، އަދި މަސްވެރި ބޮޑެތި އުޅަނދުފަހަރު ގިނަ ރަށަކަށް ވުމާއިއެކު މިހާރު އޮތް ބަނދަރު ކުޑަވުމުގެ މައްސަލަޔަށް ހައްލު ލިބިގެން ދާނެއެވެ. އަދި ބަނދަރަށް އިތުރުކުރެވޭ 290 މީޓަރުގެ ސަރަހައްދާއި އެކު، އުޅަނދު ފަހަރުން ވާޓަރަށް އެރުމުގައި ދިމާވާ ދަތިތައްވެސް ހައްލުވެގެންދާނެއެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ