[HEADER BANNER]
[AD]

ޖެޓީ ބަހުސަށް އުލިގަމު ކައުންސިލުން ވަންނަން ބޭނުން ނުވި

30 ސެޕްޓެމްބަރު 2020 2

ހއ. އުލިގަން. ފޮޓޯ: ޢަބުދުﷲ އިރުޝާން

ހއ.އުނގުލިފިނޮޅު ބިއްދޮށް ހިއްކައިގެން އެމް.ޓީ.ސީ.ސީން ތަރައްގީކުރަމުންދާ، އިހަވަންދިއްޕޮޅު އެއާޕޯޓްގައި، ލަފާފުރުމަށް ވަކި ޖެޓީއެއް ނަހަދާތީ އެކަމުގެ ކަންބޮޑުވުން ހއ އަތޮޅުގެ ރައްޔިތުން ފާޅުކުރަމުންދާ މި ދަނޑިވަޅު، ޖެޓީ އެޅުމުގެ ބަހުސަށް އުލިގަމު ކައުންސިލުން ވަންނަން ބޭނުން ނުވާކަން ހާމަވެއްޖެއެވެ.

އުލިގަމު ކައުންސިލްގެ ރައީސް އަޙްމަދު މުއާޒު މުޙައްމަދު މި ނޫހަށް ވިދާޅުވީ ޖެޓީ އެޅުމާ ގުޅޭގޮތުން ވަކި ކޮޅަކަށް ވަކި ވާހަކައެއް ބުނަން ބޭނުން ނުވާ ކަމަށެވެ.

"ސިޔާސީ މަސްލަޙަތު ވަރަށް ބޮޑަށް އޮތް ބަހުސެއް ތިޔައީ. އެހެންވީމަ ކޮމެންޓެއް ކުރާކަށް ބޭނުމެއް ނޫން." މުއާޒު ވިދާޅުވިއެވެ.

އެމް.ޓީ.ސީ.ސީން ދާދިފަހުން ޚަބަރުދީފައިވާގޮތުން، އެއާޕޯޓް އެޅުމަށް އެ ކުންފުނީގެ މަހާޖައްރާފުން މިދިޔަ އަހަރު ހިއްކި ބިމުގައި ކުރަމުންދާ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ދާދި އަވަހަށް ނިމޭނެއެވެ. މިފަހުން ވަނީ އެއާޕޯޓްގެ ޓާމިނަލްގެ މަސައްކަތް ވެސް ފަށާފައެވެ.

އެއާޕޯޓްގެ މަސައްކަތް ނިމެންދާއިރު ވެސް އެއާޕޯޓަށް ލަފާފުރުމަށްޓަކައި ހަދަން ޖެހޭ ޖެޓީގެ މަސައްކަތުގެ އެއްވެސް މައުލޫމާތެއް އެއްވެސް މުއައްސަސާއަކުން ހާމަކޮށްފައި ނުވުމާއި، އެ މަސައްކަތް އެއްވެސް ފަރާތަކާ ވެސް ހަވާލުކޮށްފައި ނުވާތީ އެއާޕޯޓްގައި ޖެޓީއެއް އަޅާނެކަމާމެދު ސުވާލު އުފެދި އެކަމާ ކަންބޮޑުވެގެން ތިލަދުންމަތީ އުތުރުބުރިއަށް ނިސްބަތްވާ ބައެއް ރަށްރަށުގެ ޒުވާނުންގެ ބޮޑު ދައުރެއް އޮވެގެން އޮންލައިން ޕެޓިޝަނެއް ހެދުމަށް ވެސް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

އިހަވަންދިއްޕޮޅު އެއާޕޯޓަށް ވަކިން ލަފާފުރޭ ގޮތަށް ޖެޓީއެއް ނާޅާތީ މަނަފަރު ރިސޯޓުގެ ކަންބޮޑުވުން އޮތްކަން ވެސް ދާދިފަހުން ވަނީ ހާމަވެފައެވެ. އަދި ހއ އަތޮޅުގެ ކައުންސިލްގެ ރައީސް ވެސް ވަނީ އެއާޕޯޓްގައި ޖެޓީއެއް ނަހަދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކުން ވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މިހާރު ޖެޓީއަޅާާނިމުނީއެނު ދެންދޭ ހޯރަފުށީ އެއާޕޯޓަ ދަބަސްހިފައިގެން ފުރަން ތެޅުނުވަރަކަފައިބާނީ ހުޅުބު ހަމަޖެހޭނީ ބަދަރަ ފައިބައިގެން ދަބަސްގަޑުހިފައިގެން އެއާޕޯޓަދާން ދެންލަލަލަ

– 30 ސެޕްޓެމްބަރު 2020 0

ހަމަ އެ މަހާހައްރާފުން ހުވަހަންދޫ ކުރިމަތިން ބިމެއް ހިއްކުމަށް ވަނީ ހަމަ ޖެހިފަ އެއްކޮޅު އިހަވަންދޫއާ ގުޅޭގޮތަށް․․ ކީކޭ އަހަރެމެން ކިޔަންވީ؟؟ އިހަވަންދޫ އޭތަ ނޫނީ ހުވަހަންދޫކުރިމަތިން ހިއްކާ އެއްކޮޅު އިހަވަންދޫއާ ގުޅާފައޮތް ބިމޭތަ؟

– 2 އޮކްޓޫބަރު 2020 0