[HEADER BANNER]
[AD]

ޕްރީ ސްކޫލް ގެ ނުނިމި ހުރި މަސައްކަތް ކުރާނެ ބަޔަކު ހޯދަނީ

30 ސެޕްޓެމްބަރު 2020 0

ހއ.އިހަވަންދޫ ޕްރީ ސްކޫލުގައި ނުނިމި ހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން އެނެއްކާވެސް އިއުލާން ކޮށްފިއެވެ. އެ އިދާރާއިން ކޮށްފައިވާ (IUL)248-ED/248/2020/82 (20 އޮގަސްޓް 2020) ނަމްބަރ އިޢުލާނާއި ގުޅިގެން ހުށައަޅާފައިވާ އަންދާސީ ހިސާބުތަކުގެ ޝަރުތު ހަމަނުވާތީ އެއިޢުލާން ބާޠީލްކޮށް އަލުން ވަނީ އިޢުލާނު ކޮށްފައެވެ.

އެ މަސައްކަތާ ގުޅޭ ގޮތުން މަޢުލޫމާތު ސާފު ކުރުން އޮންނާނީ 1 އޮކްޓޯބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި  އިހަވަންދޫ ކައުންސިލް އިދާރާގައެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ 8 އޮކްޓޯބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށެވެ.

މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ, ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރިފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ސިޓީއުރައަކަށް ލައި ބަންދުކޮށް ޕްރީސްކޫލް އިމާރާތް ކުރުމުގެ އަންދާސީ ހިސާބުކަން އެނގޭގޮތަށެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ