[HEADER BANNER]
[AD]

އިހަވަންދޫގައި ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮތްޕެއް ހެދުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

4 އޮކްޓޫބަރު 2020 0

ހއ.އިހަވަންދޫގައި ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮތްޕެއް ހެދުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިމަޝްވަރާ ކުރައްވާފައިވަނީ އިހަވަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރު މުޙައްމަދު ޝިފާޢު އާއި އިހަވަންދޫ ކައުންސިލްގެ މެމްބަރުންނާއެކު އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީ ބައްދަލުކުރައްވައެވެ.

އިހަވަންދޫ ކައުންސިލުން ބުނެފައިވަނީ މިއަދު ހެނދުނު 9:30 ގައި އޮންލައިންކޮށް ބޭއްވި މިބައްދަލުވުމުގައި ، އިހަވަންދޫގައި ކީރިތި ޤުރުއާނައި ބެހޭ މަރުކަޒުގެ ގޮތްޕެއް ހައްދަވާ ދެއްވާނެކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒް ޑރ. އަހުމަދު ޒާހިރު އަލީ، ވިދާޅުވެފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި، އިހަވަންދޫގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމާއި، ޚަތީބުންނާއި ޖަމާއަތްތެރިން ތަމްރީން ކުރުމާއި، މިސްކިތްތައް އާބާތުރަ ފިލުވުމާއި، މިސްކިތްތައް ބެލެހެއްޓުމަށް މަދުވާ މުވައްޒަފުން ހޯދުމާއި ގުޅޭގޮތުންވެސް ފުޅާދާއިރާއެއްގައި މަޝްވާރާ ކުރެވިފައިވާ ކަމަށް ކައުންސިލުން މައުލޫމާތު ދެއްވައެވެ.

އިހަވަންދޫއަކީ ކީރިތި ޤުރުއާނަށް ލޯބިކުރާ ރައްޔިތަކު ދިރިއުޅޭ ރަށެއްކަން ފާހަގަ ކުރައްވާ، ދީނީ ޢިލްމާއި ތަމްރީން ދޭނެ މަރުކަޒަކަށް އިހަވަންދޫ ރައްޔިތުން ބޭނުންވެފައިވާ ކަމަށް އިހަވަންދޫ ދާއިރާގެ މެމްބަރު މިއަދުގެ ބައްދަލުވުމުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ