[HEADER BANNER]
[AD]

ޣާޒީފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމަށް އާރުކޭއެލް ގްރޫޕާއި ހަވާލުކޮށްފި

28 އޮކްޓޫބަރު 2020 0

ހއ. އިހަވަންދޫ އަދި ނ. މަނަދޫ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމަށް އާރުކޭއެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.

މި ދެ ރަށުގެ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމަށް އެކުންފުންޏާއި ހަވާލުކުރީ މިއަދު މެންދުރުފަހު މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަހްމަދު އިބްރާހީމްއެވެ. އަދި އާރުކޭއެލް ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުޒައިމާ އާސިރުއެވެ. ހއ. އިހަވަންދޫ ދަނޑުގެ މަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ 2،321،105.71 ރުފިޔާއަށެވެ. މި އެއްބަސްވުމާއެކު މަސައްކަތުގެ ސައިޓް ހަވާލުކުރާތާ 14 ދުވަހުގެ ތެރޭގައި މަސައްކަތް ފަށައި 50 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހެއެވެ.

ނިމިދިޔަ ސެޕްޓެމްބަރު މަހު ވަނީ އިހަވަންދޫ ހިމެނޭހެން 9 ރަށެއްގެ ޓާފު ދަނޑު އެޅުމުގެ މަސައްކަތް މަސައްކަތް ބަޔަކާ ހަވާލުކޮށްފައެވެ. 120 ދުވަހުގެ ތެރޭގައި ނިންމާގޮތަށް މަސައްކަތް ހަވާލުކޮށްފައި ވަނީ މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ވެލޯސިޓީ ސްޕޯޓްސް އިކުއިޕްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ.

ހއ. އިހަވަންދޫގައި ޒުވާނުންނަށް ޓާފުއެޅި ބޮޑު ދަނޑެއް އެޅާދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ވަޢުދުވެލައްވާފައެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ