[HEADER BANNER]
[AD]

ސީ ކިންގް އަންހެނުންގެ ވޮލީ މުބާރާތް ފަށައިފި

31 އޮކްޓޫބަރު 2020 0

އިހަވަންދޫ ކައުންސިލާއި އިމަގު ޖަމިއްޔާ ގުޅިގެން ބާއްވާ ސީ ކިންގް އަންހެނުންގެ ވޮލީ މުބާރާތް ފަށައިފި އެވެ.

މިމުބާރާތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރޭގަ އެވެ. މި ރަސްމިއްޔާތު ބޭއްވިފައިވަނީ، ޔޫތު މިނިސްޓްރީގެ އެހީތެރިކަމާއެކު ކައުންސިލްގެ ބަޖެޓުން ހަރަދު ކޮށްގެން އިހަވަންދޫގައި އަލަށް ތަރައްޤީކުރެވުނު ވޮލީ ކޯޓުގައެވެ. މުބާރަތް ފެށުމުގެ ގޮތުން އަލަށް ތަރައްޤީ ކުރެވިގެން ދިޔަ ވޮލީ ކޯޓް އިފްތިތާހް ކޮށްދެއްވީ އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދުއާއި އަދި އިހަވަންދޫ މަސްވެރިންގެ ގުޅުން، އިމަގުގެ އެއް މުއައްސިސް މުޙައްމަދު ޢަބްދުﷲ އެވެ.

މި މުބާރާތުގައި ބައިވެރިވެފައިވަނީ އެން.ވީ.ކޭ. ޖަންގަލް އަދި ޤަބީލާ އެވެ. މުބާރާތް ހުޅުވުމުގެ ގޮތުން ކުޅެވުނު ފުރަތަމަ މެޗުގައި އެން.ވީ.ކޭ އަދި ޤަބީލާ ބައްދަލުކުރި މެޗް ފޯރިގަދަ ކުޅުމަކަށްފަހު ކާމިޔާބު ކޮށްފައިވަނީ އެން.ވީ.ކޭ އެވެ. ރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެންވީކޭގެ ފާތިމަތު ޝަނީޒާއެވެ. މި މުބާރާތުގައި މިރޭ ބައްދަލުކުރާނީ އެންވީކޭ އާ ޖަންގަލް އެވެ. މި މުބާރާތުގެ މެޗުތައް 7 ނޮވެމްބަރާ ހަމައަށް ކުރިއަށްދާނެ ކަމަށް އިހަވަންދޫ ކައުންސިލުން ބުނެ އެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ