[HEADER BANNER]
[AD]

ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް މިމަހުގެ 8 ގެ ކުރިން ނިންމަނީ

4 ނޮވެމްބަރު 2020 1

ނޮވެމްބަރ 8 ވަނަ ދުވަހުގެ ކުރިން ހޯރަފުށީ އެއާރޕޯޓްގެ ހުރިހާ މަސައްކަތްތަކެއް ނިންމާލުމަށް މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ން ވިދާޅުވެއްޖެއެވެ.

 އެމްޓީސީސީން ބުނީ، ހޯރަފުށީ އެއާޕޯޓުގެ މަޝްރޫޢުގެ މަސައްކަތުގެ 84 އިންސައްތަ މަސައްކަތް މިހާތަނަށް މުޅިން ނިންމާލެވިފައިވާ ކަމަށެވެ. މިގޮތުން ރަންވޭގެ 99 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، ޓާމިނަލް ބިލްޑިންގ ގެ 75 އިނސައްތަ އަދި ފަޔަރ ބިލްޑިންގ ގެ 50 އިންސައްތަ މަސައްކަތް ނިންމާލެވިފައިވާ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.

 ހޯރަފުށީ އެއާޕޯޓު ހަދަމުން އަންނަނީ އެ ރަށުގެ ފަޅުން ބައެއް ހިއްކައިގެންނެވެ. އެގޮތުން 1200 މީޓަރު ދިގު، 35 މީޓަރު ފުޅާ ރަންވޭއަކާއި އެކު ހަދާ މި އެއާޕޯޓުގައި 8635 ސްކޮޔަރ މީޓަރުގެ އޭޕްރަންއަކާއި ޓެސްކީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި 9473 ސްކޮޔަރ މީޓަރުގެ ޕާކިން އޭރިއާއެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި 1718 ސްކޮޔަ މީޓަރުގެ ފަޔަ އެކްސެސް މަގަކާއި 720 މީޓަރުގެ ސަރަހައްދެއްގައި ފެންސް ޖެހުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

 ހޯރަފުށީ އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 93 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

Dhen theega ufedhey suvaalakee gina rayyithun edhunu gothah mi saeukaarun thithaa jetty eh alhaafaane baaey

– 4 ނޮވެމްބަރު 2020 3