ޕުރޮގުރެސިވް ކޮންގްރެސް ކޯލިޝަންގެ ސްޓިއަރިންގ ކޮމެޓީތަކުގެ މެމްބަރުކަމަށް އިހަވަންދޫން 13 މެމްބަރުން
ޕުރޮގުރެސިވް ކޮންގްރެސް ކޯލިޝަންގެ ސްޓިއަރިންގ ކޮމެޓީތަކުގެ މެމްބަރުކަމަށް ވާދަކުރަން ބޭނުންވާ، އެކޯލިޝަންއަށް ނިސްބަތްވާ މެމްބަރުންނަށް ހުޅުވާލި ފުރުސަތުގައި އިހަވަންދޫން ކުރިމަތިލީ 14 ފަރާތުގެ ތެރެއިން އިންތިހާބުގައި 13 ފަރާތަކުން ވާދަކުރާނެ ކަމަށް ޕީޕީއެމް އިން ވިދާޅުވެއްޖެއެވެ.
މިގޮތުން ހއ. އިހަވަންދޫ ސްޓިއަރިންގ ކޮމެޓީގެ އަންހެން މެމްބަރުމުގެ މަގާމަށް ކުރިމަތިލާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އެމަގާމަށް ކުރިމަތިލީފަރާތް ވަނީ އެމަގާމަށް ހޮވިފައެވެ. މި މަގާމަށް ހޮވިފައި ވަނީ ހއ އިހަވަންދޫ. މަތަރެސްމާގެ. މަރިޔަމް ސައީދާ އެވެ.
ހއ. އިހަވަންދޫ ސްޓިއަރިންގ ކޮމެޓީގެ ޒުވާން މެމްބަރގެ މަގާމަށް 2 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ. އެއީ:
- އަހްމަދު ހަމްދޫން . ޖަވާހިރުވާދީ / ހއ. އިހަވަންދޫ
- މުޙައްމަދު އަމީން. މީނާޒް / ހއ. އިހަވަންދޫ
ސްޓިއަރިންގ ކޮމެޓީގެ ޢާންމު މެމްބަރުންގެ 7 މަގާމަށް ޖުމުލަ 11 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ. އެއީ:
- އިބުރާހިމް މަމްދޫހު (މަންޑޭ) ހިޔާވަހި / ހއ. އިހަވަންދޫ
- އާދަމް މޫސާ. އުދަރެސް / ހއ. އިހަވަންދޫ
- ޢަބުދުލް ޤާދިރު ހުސައިން. ސަތަރުގެ / ހއ. އިހަވަންދޫ
- މޫސާ އަމްޖަދު. އެސްމާގެ / ހއ. އިހަވަންދޫ
- އިބްރާހިމް ޚަލީލު. ކޮށިތެރޭގެ / ހއ. އިހަވަންދޫ
- މިރާޒު ފާރޫޤު. ޖަނަވަރީގެ / ހއ. އިހަވަންދޫ
- ޢަބުދުލް މުޢީދު އިބުރާހިމް. އިރުޝާދީއާބާދު / ހއ. އިހަވަންދޫ
- އަޙުމަދު އުބައިދުﷲ. ފޭރުމާގެ / ހއ. އިހަވަންދޫ
- މުޙައްމަދު ރަޝީދު. ޑޭޒީވިލާ / ހއ. އިހަވަންދޫ
- މޫސާ އިބުރާހިމް. ހަނދުވަރީނާޒު / ހއ. އިހަވަންދޫ
- ހާމިދު ހާޝިމް. ހާޝިމީމަންޒިލް / ހއ. އިހަވަންދޫ
ޕީޕީއެމް އިން ބުނެފައިވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރަށު ސްޓިއަރިންގ ކޮމިޓީގެ އިންތިޙާބް މިހަފުތާގެ ހުކުރު ދުވަހު އޮންނާނެ ކަމަށެވެ. އަދި 15 އޮކްޓޯބަރު 2020 ގެ ނިޔަލަށް ޕީޕީއެމްގެ މެމްބަރުކަމަށް ކުރިމަތިލާފައިވާ ފަރާތްތަކަށް މިއިންތިޙާބުގައި ވޯޓުލެވޭނެ ކަމަށް އެޕާޓީން މައުލޫމާތު ދެއްވައެވެ.
މި ސްޓިއަރިންގ ކޮމެޓީ އިންތިޚާބުކުރުމަށްފަހު، މެންބަރުންގެ ތެރެއިން ސްޓިއަރިންގ ކޮމެޓީގެ ރައީސް ހޮވާނެއެވެ. މި ވޯޓުގައި އާންމު މެންބަރުން ވޯޓުލެވޭނެއެވެ. ޕީޕީއެމް އަދި ޕީއެންސީގެ އެތެރޭގެ އިންތިޚާބުގައި ޒުވާނުންނާއި އަންހެނުންނަށް ޚާއްސަ ސްލޮޓްތަކެއް ވަނީ ކަނޑައަޅާފައެވެ.
ޚިޔާލު ފައުޅުކުރުން