[HEADER BANNER]
[AD]

އިހަވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

10 ނޮވެމްބަރު 2020 1

 ހއ. އިހަވަންދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގައި މިއަދު ސޮއިކޮށްފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން، ސަރުކާރުން އަލަށްފަށާ 10 މަޝްރޫޢެއްގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއި ހަވާލުކޮށް، އެ މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި  އިހަވަންދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އެ  ކުންފުންޏާ ހަވާލުކޮށްފައި ވަނީ 1 އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. މިއީ 123,960,847.77 (ސަތޭކަ ތޭވީސް މިލިއަން ނުވަސަތޭކަ ފަސްދޮޅަސް ހާސް އަށްސަތޭކަ ސާޅީސް ހަތްރުފިޔާ ސަތުހަތްތަރި ލާރި) ރުފިޔާގެ މަސްރޫޢުއެކެވެ.

ޕްލޭނިންގ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ބައިވެރިވެވަޑައިގެންނެވިއެވެ.

އިހަވަންދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގައި މިއަދު ސޮއިކުރެވިގެން ދިޔުމާއި ގުޅިގެން އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވީ އިހަވަންދޫއަށް ދިމާވެފައިވާ ބިމުގެދަތިކަންހައްލުކުރުމަށް އިހަވަންދޫގެ ބިންހިއްކުން މިއަދު ހަވާލުކުރެވިގެން ދިޔުމުން ރައީސް ޞާލިޙަށާއި، ޕްލޭނިން މިނިސްޓަރު އަސްލަމް އަދި އެ މިނިސްޓްރީގެ ޓީމްގެ މަސައްކަތަށް ޝުކުރު އަދާކުރަށްވާފައެވެ.

އިހަވަންދޫގެ ބިން ހިއްކުމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިހަވަންދޫއަށް ވެލައްވާފައިވާ ގިނަ ވަޢުދުތަކުގެ ތެރެއިން ވަޢުދެއްކަން ފާހަގަކުރެވެއެވެ. އިހަވަންދޫގެ ބިން ހިއްކުމަށް މިއަހަރުގެ ބަޖެޓުގައި ވެސް 45,695,000 (ސާޅީސް ފަސްމިލިއަން މިލިއަން ހަލައްކަ ނުވަދިހަ ފަސްހާސް ރުފިޔާ) ހިމަނާފައިވާކަން ފާހަގަކުރެވެއެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އިހަވަންދޫއޭ؟؟ މާނިއު ކިޔާ ގޮތަށް ކިޔަންޏާ ތީ ހުވަހަންދޫ ކުރިމަތިން ހިއްކާ އެއްކޮޅު ފުޅާ ވެލިމަގަކުން އިހަވަންދޫއާ ގުޅޭ ގޮތަށް އޮންނަ ފަސްގަނޑެއް․․

– 11 ނޮވެމްބަރު 2020 0