[HEADER BANNER]
[AD]

ޕުރޮގުރެސިވް ކޮންގްރެސް ކޯލިޝަންގެ ސްޓިއަރިންގ ކޮމެޓީތަކުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ

13 ނޮވެމްބަރު 2020 0

މިއަދު ބޭއްވި އިންތިހާބުގެ ވޯޓުލުން ނިމުމުން ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށްގެންދަނީ. ފޮޓޯ: ޢަބުދުﷲ އިރުޝާން

މިއަދު ކުރިއަށްގެންދިޔަ ޕުރޮގުރެސިވް ކޮންގްރެސް ކޯލިޝަންގެ ސްޓިއަރިންގ ކޮމެޓީތަކުގެ އިންތިޚާބުގެ އިހަވަންދޫގެ ވޯޓުލުން ނިންމާ ވަގުތީ ނަތީޖާ އިޢުލާނުކޮށްފިއެވެ.

މިއަދު ބޭއްވި އިންތިޚާބުގައި އިހަވަންދޫން ވޯޓު ދިނުމުގެ ހައްޤުލިބިފައިވާ 647 މީހުންގެ ތެރެއިން 259 މީހުން ވޯޓު ދީފައި ވެއެވެ.

އިހަވަންދޫ ސްޓިއަރިންގ ކޮމެޓީގެ ޒުވާން މެމްބަރގެ މަގާމަށްކުރިމަތިލާފައިވާ 2 ކެންޑިޑޭޓުންނަށް ވޯޓު ލިބިފައިވާ ގޮތް:

 

ސްޓިއަރިންގ ކޮމެޓީގެ ޢާންމު މެމްބަރުންގެ 7 މަގާމަށް ޖުމުލަ 11 ފަރާތަކުން ކުރިމަތިލާފައިވީނަމަވެސް ކެންޑިޑޭޓު ނަންބަރު 8 ވަނީ ނަން އަނބުރާ ގެންގޮސްފައެވެ. ކެންޑިޑޭޓުންނަށް ވޯޓު ލިބިފައިވާ ގޮތް:

ޕުރޮގުރެސިވް  ކޯލިޝަނުން ބުނީ މި އިންތިޚާބުގައި 1000 އަށް ވުރެ ގިނަ މެމްބަރުން ކުރިމަތިލާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ 18 ސަރަހައްދެއްގައި މި އިންތިޚާބު ވަނީ ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެ ކޯލިޝަނުން ބުނީ މި ކޮމެޓީތައް ހެދުމުގެ އެންމެބޮޑު ބޭނުމަކީ އެ ކޯލިޝަނުގެ ހަރަކާތްތައް އިތުރަށް ފުޅާކޮށް ވަރުގަދަ ކުރުން ކަމަށެވެ. އަދި އަތޮޅު ތެރޭގައި އެ ކޯލިޝަންގެ ހަރަކާތްތައް ވަރުގަދަ ކުރުން ކަމަށެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ