[HEADER BANNER]
[AD]

ހޯރަފުށީ އެއާޕޯޓަށް ފުރަތަމަ ބޯޓު ޖައްސައިފި

16 ނޮވެމްބަރު 2020 1

ހޯރަފުށީ އެއާޕޯޓަށް ދަތުރުކުރި ޓެސްޓު ފުލައިޓުގެ ކެޕްޓަން އަދި ޓެކުނިކަލް ޓީމުގެ ބޭފުޅުން. ފޮޓޯ: ޕީއެސްއެމް

ހއ. ހޯރަފުށީގައި އަލަށް ހެދި އެއާޕޯޓަށް ޓެސްޓު ފުލައިޓު ޖައްސައިފިއެވެ.

ހޯރަފުށީ ޑޮމެސްޓިކް އެއަރޕޯޓުގައި ދަތުރުކުރި ފުރަތަމަ ޓެސްޓް ފުލައިޓް ޖައްސާފައި ވަނީ މިއަދު ހެނދުނު 9:15 ހާއިރުގައެވެ. ޓެސްޓް ފުލައިޓްގައި ފުރަތަމަ ވަޑައިގެންނެވީ، މި އެއަރޕޯޓް ހުޅުވުމަށް ވަޑައިގަންނަވާ ޓީމުގައި ހިމެނިވަޑައިގަންނަވާ ޓެކްނިކަލް ބޭފުޅުންނެވެ. އަދި ހޯރަފުށީ ދާއިރާގެ މަޖިލިސް މެމްބަރު، އެމްޓީސީސީގެ ސީއީއޯ އަދި ސަރުކާރުގެ ބައެއް އޮފިޝަލުން ބޯޓުން ދަތުރު ކޮށްފައި ވެއެވެ.

ޓެސްޓް ފްލައިޓަށް މަރުޙަބާ ކިޔުމުގެ ގޮތުން ހއ. ހޯރަފުށީގެ ގިނަ އަދަދެއްގެ ރައްޔިތުން ހޯރަފުށީ އެއާޕޯޓަށް ގޮސްފައިވެއެވެ.

198 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހއ.ހޯރަފުށީގައި އެއަރޕޯޓެއް ތަރައްޤީކޮށްފައިވާއިރު މި އެއަރޕޯޓްގައި 1200 މީޓަރު ދިގު، 35 މީޓަރު ފުޅާ ރަންވޭއެއް އޮވެއެވެ. 8635 ސްކުއަރ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، 9473 ސްކުއަރ މީޓަރުގެ ޕާކިން އޭރިއާއަކާއި 1718 ސްކުއަރ މީޓަރުގެ ފަޔާ އެކްސެސް މަގެއްވެސް މި މަޝްރޫޢުގެ ދަށުން ވަނީ ތަރައްޤީކޮށްފައެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ތި އެއާރޕޯޓަށް ކިޔަން ޖެހޭނީ އިހަވަންދިއްޕޮޅު އެއަރޕޯޓް․

– 16 ނޮވެމްބަރު 2020 3