[HEADER BANNER]
[AD]

މިފަހަރު ސްކޫލްގެ ކުޅުން ތަފާތު. ކީއްވެ؟

18 ނޮވެމްބަރު 2020 1

އިހަވަންދޫ ސްކޫލުގެ ފުޓްބޯޅަ ޓީމު

އިހަވަންދޫގައި މިހާރު ކުރިއަށްދާ އިންޓަރ އޮފީސް ފުޓްސަލް ޗެލެންޗްގައި، އެހެން އަހަރުތަކާ ޚިލާފަށް އެންމެ ތަފާތު ކުޅުމެއް ދައްކަމުން ދަނީ އިހަވަންދޫ ސްކޫލް ކަމަށް ބެލުންތެރިން އެއްބަސް ވެއެވެ. އެޓީމްވަނީ، އެއްވެސް ޓީމެއްގެ އަތުން ބަލިނުވެ، ޕޮއިންޓް ތާވަލުން 2ވަނަ ހޯދައިގެން ސެމީއަށް ފައިނަލުން ޖާގަ ހޯދާފައެވެ.

އިންޓަރ އޮފީސް ފުޓްސަލް ޗެލެންޗްގައި، ސްކޫލް ޓީމްގެ ކުޅުމާމެދު ބެލުންތެރިން ދެކޭގޮތް ބެލުމަށް ސްކޫލު ޓީމުން ކުރި ދިރާސާއިން ދެއްކީ މިފަހަރު ސްކޫލްގެ ކުޅުން ތަފާތު ކަމަށެވެ. މިގޮތަށް އެއްބަސްވަނީ ދިރާސާގައި ބައިވެރިވި 80 އިންސައްތަ މީހުންނެވެ. 20 އިންސައްތަ ބެލުންތެރިން ބުނަނީ ފެނަކަ ކަމަށެވެ.

މިމަހުގެ 12 ވަނަ ދުވަހު އިހަވަންދޫގައި ފެށުނު އިންޓަރ އޮފީސް ފުޓްސަލް ޗެލެންޗްގައި 5 ޓީމެއްވަނީ ބައިވެރިވެފައެވެ. އެއީ، އިހަވަންދޫ ކައުންސިލް އިދާރާ އާއި އިހަވަންދޫ މެޖިސްޓްރޭޓް ކޯޓްގެ ކުޅިގެން، ކައުންސިލް ކޯޓް ޓީމައި، ސިއްހީމަރުކަޒު، ބޭންކު، އައިސް ޕްލާންޓް ގުޅިންގެ އައި. ބީ.އޭ ޓީމާއި، ޕޮލިސް ޓީމާއި،  ސްކޫލް ޓީމާއި ފެނަކަ ޓީމެވެ.

މި ޓީމްތަކާއި ސްކޫލް ޓީމް ބައްދަލުކުރި މެޗްތަކުގައި ، ސްކޫލް ޓީމުންވަނީ ވަރަށް ތަފާތު ކުޅުމެއް ދައްކާފައިކަމަށް މެޗްތައް ދިރާސާކުރާ ދިރާސާވެރިން އެއްބަސްވެއެވެ. މިގޮތުން ފުޓްބޯޅައަށް ޝައުޤުވެރިކަން ހުންނަ އާދަނު ބުނީ ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު ޕްރެކުޓީސް ކުރާ އިހަވަންދޫ ޕޮލިސް ޓީމާއެކު ، އިހަވަންދޫ ސްކޫލުން ކުޅުނު މެޗް ވަރަށް ތަފާތު ކަމަށެވެ. " ޕޮލިސް ޓީމްވަނީ އެމެޗްގައި އެއްކޮށް ރޫޅިފަ. ސްކޫލް ކުއްލިއަކަށްދިން ޕްރެސަރުގެ ސަބަބުން. އަދި ސްކޫލްގެ މިފަހަރުގެ ކޯޗް މުހައްމަދު ނިޒާމު ޓީމް ކުޅުންތެރިންގެ ބޭނުން އެކިވަގުތުތަކުގައި ބޭނުންކުރާގޮތްވެސް ވަރަށް ރަނގަޅު" އާދަނު ބުންޏެވެ. " އަނެއްކޮޅުން ސްކޫލް ޓީމް ޕްރޮފެޝަނަލް ވެފައި ޑިސިޕްލީން. ބޯޅަ ނެތިސް ޕޮލިސް ޓީމުގެ ފުޓްސެލް ކިންގ މުހައްމަދު މަދީހު ވަނީ ސްކޫލްގެ ޓީމް ހަސަން ހުސެއިންނަށް ހަމަލާ ދީފަ. މިއީ ވަރަށް ދެރަކަމެއް. މިދަނޑިވަޅުގައި ވެސް ސްކޫލް ޓީމުގެ ކުޅުންތެރިން ދެއްކެވި ކެތްތެރިކަމާއި އޯގާތެރިކަން ފުޓްބޯޅަ ދަނޑަކުން ނުފެންނާނެ. މިފަހަރު ސްކޫލްގެ ކުޅުން ހަމަ ތަފާތު" އެވެ.

ސްކޫލާއި ޕޮލިސް ބައްދަލުކުރި މެޗްގައި ޕޮލިސް ޓީމުގެ މުހައްމަދު މަދީހުއަށްވަނީ ރަތް ކާޑު ދައްކާފައެވެ. ރަތް ކާޑު ދެއްކުމުގެ ސަބަބުން އެއް މެޗަށް ނުކުޅެވޭއިރު، މުބާރާތުގެ ޑިސިޕްލިނަރި ކޮމެޓީންވަނީ އިތުރު އެއް މެޗަށް ނުކުޅެވޭނެ ގޮތަށް އެނާއަށް ފިޔަވަޅު އަޅާފައެވެ.

" އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގައި މިފަހަރު، އެންމެ ރީތި ކުޅުމެއް ކުޅޭ ޓީމަކީ ސްކޫލް ޓީމް. އެޓީމްގެ އެމް.އައި ސަރ ( މުހައްމަދު އިބްރާހީމް ) އާއި ނެއްލަ (މުހައްމަދު އާތިފް) ގެ ކުޅުން ފާހަގަކޮށްލެވޭ. މީގެ ތެރެއިން ކޮންމެ ކުޅުންތެރިއަކަށް ބޯޅަ ލިބުނަސް އިދިކޮޅު ގޯޅަށް ނުރައްކާވަނީ އިންތިހާއަށް. ކުރީ ރޭ މަރުކަޒާއެކު ކުޅުނު މެޗްގައި އެމް. އައި އެ ޖެހި ގޯލަކީ ދަގަނޑޭ ޖަހާކަޖަހަލަ ގޯލެއް. މަރުކަޒު ޓީމްގެ ފަސްކުޅުންތެރިން ކަނޑުވާފަ. ހީވެސް ނުވޭ. އެހާވެސް ކުޅަދާނަ. ވަރަށް ތަފާތު" އެން.ވީ.ކޭ ގެ ގޯލްކީޕަރު ޝާން ޚިޔާލު ފާޅުކުރިއެވެ.

މިރޭ މަރުކަޒާއެކު ކުޅޭ ސެމީ ފައިނަލް މެޗަށް ސްކޫލް އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށް ސްކޫލް ޓީމްގެ ކޯޗް ނިޒާމް ބުންޏެވެ. އޭނާ ބުނީ "މަރުކަޒުގެ ކުޅުންތެރިންނަކީ ވެސް ހުޝިޔާރު ބައެއްކަން އެނގިތިބެ މިރޭ މެޗަށް ނިކުންނާނީ މޮޅުވަން" ކަމަށެވެ.

އިހަވަންދޫގައި މިހާރު ކުރިއަށްދާ އިންޓަރ އޮފީސް ފުޓްސަލް ޗެލެންޗްގެ ސެމީ ފައިނަލްގެ މެޗްތަކުގެ ކުޅުން މިރޭ ފެށޭއިރު ޓީމްތަކުގެ މެދުގައި ވަނީ ވާދަވެރި ޖޯޝެއް އުފެދިފައެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

Varah zinmaa dhaarukan kuda liyumeh.. ehvs kahala ohtareh nethi liyefa oi liyumeh

– 18 ނޮވެމްބަރު 2020 1