[HEADER BANNER]
[AD]

ޖޭޕީގެ ޓިކެޓުގައި އިހަވަންދޫ ކައުންސިލަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުގެ ބޮޑެތި ފާޑުކިޔުންތަކެއް ކައުންސިލަށް

19 ނޮވެމްބަރު 2020 0

ހއ. އިހަވަންދޫ ކައުންސިލަށް ޖޭޕީގެ ޓިކެޓުގައި ވާދަކުރެއްވުމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓު ޢަބުދުﷲ އިރުޝާނު އިހަވަންދޫ ކައުންސިލަށް ފާޑުވިދާޅުވެއްޖެއެވެ.

ޢަބުދުﷲ އިރުޝާނުގެ ފޭސްބުކު ސްޓޭޓަސްގައި މިއަދު ވަނީ ރަށުގެ އިގުތިސާދީ، އުމުރާނީ ތަރައް ޤީގެ ގިނަ މަޝްރޫއުތައް ކުރިއަށްދާ ދުވެއްޔާމެދު ނުރުހުން ފާޅުކުރައްވާފައެވެ. މިގޮތުން ރަށުގެ ބަނދަރުގެ މަސައްކަތް ހިނގަމުންދަނީ ފިނިހަކަ ދުވެލީގައި ކަމަށް ސިފަކުރައްވާ، އެމަސައްކަތް ހުއްޓިފައި އޮންނަތާ 4 ހަފުތާވެއްޖެކަމަށާ އިހަވަންދޫ ސުކޫލުގެ ހޯލްއިމާރަތުގެ މަސައްކަތް ވެސް ކުރިއަށްދަނީ ފިނިހަކަ ދުވެލީގައި ކަން ފާހަގަކުރައްވާ ރަށުގެ ގިރާ ސަރަހައްދު ގިރާވަރަށް ގިރަމުން ދާއިރު އެސަރަހައްދުން ވެއްޓޭ ރުއްގަސްތައް ގިނަކަމަށާ ރަށުގެ ގޮނޑުދޮށާއި މޫދު އޮތީ ކުނިބުނިން ތަޤައްޔަރުވެފައި ކަމަށް އިރުޝާނުގެ ސްޓޭޓަސްގައި ލިޔެފައި ވެއެވެ.

ރަށުގެ މަގުތަކާއި މިސްކިތްތައް ދޮރުމަތީ 2 ފޫޓު 3 ފޫޓު ފުން ވަޅުގަނޑުތައް އުފެދި ދުއްވާ އެއްޗެއްސަސާ ހިނގާބިނގާވެ އުޅެން އުނދަގޫވެ އެކަމަށް ހައްލެއް ނުލިބި އންނަތާ 2 އަހަރަށްވުރެ ގިނަވެއްޖެކަން ފާހަގަކުރަމުން، ރަށުގެ ޒުވާނުންގެ މަރުކަޒު އަޅާނުލެވި ދޫކޮއްލާފަ ވުމުގެ ސަބަބުން އެތަން  ބޯޖަންގައްޔައްވެފައިވާއިރު މިފަދަ ކަންކަމަށް ހައްލު ނުހޯދި ހަމައެކަނި ރަށުގަ އަޅަންހަމަ ޖެހިފައިވާ ޓާފު ދަނޑުގެ މަސައްކަތް ބާރުދުވެލީގަ ފަށާނަމޭ ބުނީމަ ވޭތޯ އިރުޝާނު ވަނީ ސުވާލު އުފައްދާފައެވެ.

ރަށުގެ ބަނދަރުގެ މަސައްކަތް ހިނގަމުންދާ ސްޕީޑާމެދު އިރުޝާނުގެ އިތުރުން އެހެނިހެން ފަރާތްތަކުންވެސް ހިތްހަމަނުޖެހުން ފާޅުކުރަމުންދާއިރު، ބަނދަރުެ މަސައްކަތް ހުއްޓިފައިވާތީ އެކަމާ މިނޫހުން ސުވާލުކުރެއްވުމުން އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ވިދާޅުވެފައި ވަނީ ރައްޔިތުން އެދޭ ބަދަލު ބަނދަރަށް ގެނައުމަށް ޑިޒައިންއަށް ބަދަލު ގެނައުމަށް ކައުންސިލުން އެދިފައިވާކަމަށެވެ. އެކަން ފައިނަލް ވުމާއެކު ލަސްތަކެއްނުވެ ބަނދަރުގެ މަސައްކަތް ފެށޭނެ ކަމަށް ރަޝީދު ވިދާޅުވެފައި ވެއެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ