[HEADER BANNER]
[AD]

ތިލަދުންމައްޗަށް ހުޅުވާލައިގެން ބާއްވާ ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

24 ނޮވެމްބަރު 2020 0

ހއ. އިހަވަންދޫ ކުލަބު ޕޯލްސްޓަރ އިން ތިލަދުންމަތީގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މުބާރާތަކީ  ހއ.ހ.ދ އަތޮޅުގައި ހުރި ސަރުކާރު މުއައްސަސާތަކާއި، ހިލޭސާބަހަށް މަސައްކަތްކުރާ ކުލަބު ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ހއ.ހދ އަތޮޅުގައި ހުރި ކުންފުނިތަކާއި ރިސޯޓުތަކާއި، އިހަވަންދޫގެ ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދަހި ކުރުމަށާއި ހއ.ހދ އަތޮޅުގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމަށާއި، ހއ.ހދ އަތޮޅުގެ ޒުވާނުންނަކީ ޞިއްޙީގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމަށާއި، ޒުވާނުންގެ މެދުގައި އެކުވެރިކަން ޤާއިމު ކުރުމުގެ މަޤުޞަދުގައި، ޒުވާނުންނަށް ހުޅުވާލެވިގެން ބާއްވަން ހަމަޖެހިފައިވާ ފުޓުބޯޅަ މުބާރާތެއް ކަމަށް ޕޯލްސްޓަރ އިން ބުނެއެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަކަށް ބައިލައްކަ ރުފިޔާގެ ފައިސާގެ އިނާމު ހުށައަޅާފައިވާއިރު، މިމުބާރާތުގެ ރަނަރަޕް ޓީމަށް 25000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށައަޅާފައެވެ.

ކްލަބް ޕޯލް ސްޓާރއިން ބުނީ މިމުބާރާތުގައި ހއ. އަދި ހދ އަތޮޅުގެ ހުރިހާ ރަށަކުން ޓީމުތައް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށާއި، ރަށަކުން އެއް ޓީމަށްވުރެ ގިނަ ޓީމްތަކަށް ބައިވެރި ވެވޭނެކަމަށެވެ.

"އިހަވަން ކަޕް" ގެ ނަމުގައި ބާއްވާ މިމުބާރާތުގައި ބައިވެރިވުމުގެ ސުންގަނޑި އަކީ އަންނަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 20 ގައެވެ. މުބާރާތުގައި ބައިވެރިވުމުގެ ފޯމާއި މުބާރާތުގެ ޤަވާއިދު ކުލަބު ޕޯލްސްޓަރގެ އޮފީހުން އަދި ފޭސްބުކު ޕޭޖުން ޑައުންލޯޑު ކުރެވޭގޮތަށް ވަނީ ހަމަޖައްސާފައެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ