[HEADER BANNER]
BREAKING NEWS

↵ ހުވާސް ފިހާރަ ފަޅާލައި ވައްކަން ކޮށްފި

[AD]

ކޭއާރުއެޗްގައި ސްޕީޗް ތެރަޕީ ޑިޕާޓުމަންޓުން ކޭމްޕެއް ބާއްވަނީ

25 ނޮވެމްބަރު 2020 0

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގެ ސްޕީޗް ތެރަޕީ ޑިޕާޓުމަންޓުންއިންތިޒާމުކޮށްގެން އެ ހޮސްޕިޓަލުގައި ވާހަކަ ދެއްކުމާއި ބަހުރުވައިގެ ދަތިކަން ހުންނަ ކުދިން ދެނެގަތުމުގެ ކޭމްޕެއް ބާއްވަން ނިންމައިފިއެވެ.

އުމުރުން 3 އަހަރާއި 12 އަހަރާއި ދެމެދުގެ ކުދިންނަށް ހުޅުވާލައިގެން ބާއްވާ މިކޭމްޕު  ކުރިއަށްގެންދާނީ އަންނަ ޑިސެމްބަރު މަހުގެ 6 އިން 12 އަށް ކަމަށް ކޭއާރުއެޗް އިން މައުލޫމާތު ދެއެވެ.

މި ކޭމްޕްގައި ކުރިއަށް ގެންދެވޭނެ ބައިތަކުގެ ތެރޭގައި ދަސްކުރުމާއި އުނގެނުމަށް ދަތިވުން، ވާހަކަ ދެއްކުން ލަސްވުން، އާ ގަތުމާއި އަޅައިގަންނަ ގޮތް ހުރުން އަދި އަކުރު އަދި ބަސްކިޔުމުގެ އުނދަގޫވުން ފަދަ ކަންކަން ދެނެގަނެވިގެންދާނެ ކަމަށް ކޭއާރުއެޗްއިން ބުންޏެވެ.

ކޭއާރުއެޗް އިން ބުނީ މި ކޭމްޕުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހުން 12 ވަނަ ދުވަހަށް، އެދުވަސްތަކުގެ ހެނދުނު 09 އިން މެންދުރު 12 އަށް، އުފަންހިޔާގެ ފުރަތަމަ ފަންގިފިލާ އަށް ދިޔުމުން ކޭމްޕްގައި ބައިވެރިވެވޭނެ ކަމަށެވެ.

ކޭއާރުއެޗުން މިފަދަ ކޭމްޕެއް ހިންގުމަށް ނިންމާފައިވާއިރު އިއްޔެ، ރައީސުލްޖުމުހުރިއްޔާގެ ނައިބު، ފައިސަލް ނަސީމް ވަނީ ކުޑަކުދިންނަށް ދޭ ތެރަޕީގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް އެ ހިދުމަތްތައް ފޯރުކޮށްދޭ އިންތިޒާމުތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން، ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފައެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ