[HEADER BANNER]
[AD]

8 އަހަރަށްފަހު ރަންދި 20 މަސްގަތުމުގެ އޮޕަރޭޝަނަށް ނެރެފި

26 ނޮވެމްބަރު 2020 0

މަސްވެރިކަން ކުރާ ދޯނިފަހަރަށް މަސް ކިރުމުގައި ދަތިތައް ކުރިމަތިވެ ބާނާ މަސްކޮޅު ކިރަން ކިޔުގައި އެތައް ދުވަހެއް މަޑުކުރަންޖެހޭތީ މަޝްވެރިންގެ ހިތްހަމަނުޖެހުން ބޮޑުވެފައިވަނިކޮށް މިފްކޯގެ ރަންދި 20 މަސްގަތުމެގެ އޮޕަރޭޝަނަށް ނެރެފިއެވެ.

މިފްކޯއިން ބުނީ 8  އަހަރަށް ފަހު، މަރާމާތުގެ މަސައްކަތް ނިމި މިއަދު ރަންދި 20 މަސްގަތުމުގެ އޮޕަރޭޝަންއަށް ނެރެވިއްޖެކަމަށެވެ. 38 މެޓްރިކް ޓަނުގެ މަސްކިރޭ މިބޯޓު ހަރަކާތްތެރިވާން ފެށުމުން އުތުރުގެ މަސްވެރިކަން ކުރިއަރައި އަންނައިރު، މަސްވެރިންނަށް މަސްކިރުވުމުގައި ދިމާވެފައިވާ ދަތިތަށް ހައްލުކުރުމަށް އިތުރު ލުޔެއް ލިބިގެންދާނެ ކަމަށް މިފްކޯއިން ބުނެއެވެ.

މިފްކޯއިން މިމަސައްކަތްކުރަނީ ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށް ދިވެހިން މަސްވެރިންގެ ހިދުމަތުގައިކަން ފާހަގަ ކުރަމުން މިފްކޯއިން ބުނީ ރަންދި 20 މަރާމާތުކުރުމުގައި ހަރަކާތްތެރިވީ މިފްކޯގެ ޤާބިލް ޓެކްނިކަލް ޓީމުން ކަމަށެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ