[HEADER BANNER]
[AD]

ރަށުން ބޭރު 7 ޓީމު، ގްރޫޕް ސްޓޭޖްގައި ވާދަވެރިވާނެ!

18 ޑިސެމްބަރު 2020 0

ހއ އަދި ހދ އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ކުލަބު ޕޯލްސްޓަރއިން ކުރިއަށް ގެންދާ އިހަވަން ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރުލުން ރޭ ބާއްވައިފި އެވެ.

މި މަހުގެ 20 ވަނަ ދުވަހުގެ ރޭ ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި އިހަވަންދޫގެ 8 ޓީމާއި ރަށުން ބޭރު 7 ޓީމާއެކު ޖުމްލަ 15 ޓީމުން ބައިވެރިވެފައި ވެއެވެ.

މި މުބާރާތުގައި ވާދަކުރާ އިހަވަންދޫގެ ޓީމުތަކަކީ ކުޅިމަގު، ކޮފަލި، އެންވީކޭ، އެފްސީ ބޮޑުމަގު، ޖަންގަލް، ޔުނައިޓެޑް ޔޫތު، ސެންސިޓީ އަދި އަރާދުވާ އެވެ.

ރަށުން ބޭރުން މި މުބާރާތުގައި ވާދަކުރަނީ ހދ. ނޮޅިވަރަމްގެ ޒުވާނުންގެ ގުޅުމާއި އެރަށު ކުލަބު ޕެނީގެ އިތުރުން ހދ. ނާވައިދޫ އަށް ނިސްބަތްވާ ޓީމް ނާވައިދޫ އާއި ހއ. ދިއްދޫގެ އެޗްއެން ސްޕޯޓްސް ކުލަބާއި ހއ. މާރަންދޫގެ ޗެޕޭ ސްޕޯޓްސް އާއި ހއ. އުލިގަމް އަދި ހއ. ތުރާކުނެވެ.

މުބާރާތުގައި ވާދަކުރާ 15 ޓީމު ހަތަރު ގްރޫޕަށް ބަހާފައިވާއިރު ގުރޫޕު 1، 2 އަދި 3 ގައި ހަތަރު ޓީމު ހިމެނެއެވެ. ގުރޫޕު 4 ގައި ހިމެނެނީ 3 ޓީމެވެ.

ގްރޫޕްތަކަށް ޓީމުތަށް ބެހިފައިވާ ގޮތަށް ބަލާއިރު ފެންނަނީ ވަރަށް ވާދަވެރިކޮށެވެ. ގްރޫޕް 1، 2 އަދި 3 ގައި ރަށުން ބޭރު ދެ ޓީމު ހިމެނޭއިރު ގުރޫޕް 4 ގައި ރަށުން ބޭރުން މުބާރާތުގައި ވާދަކުރާ ޓީމެއް ހިމެނެއެވެ.

ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމު ހުށައަޅާފައިވާ އިހަވަން ކަޕްގެ މެޗް ޝެޑިއުލް ތިރީގައި އެވަނީއެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ