[HEADER BANNER]
[AD]

އިހަވަންދޫގެ މަސްވެރިންގެ އިހްސާސްތައް ސުލްހަވެރި މުޒާހަރާއިން

25 ޑިސެމްބަރު 2020 1

މަސްވެރިންނަށް ދިމާވާ ދަތިތަކާބެހޭގޮތުން ޝުއޫރު ފާޅުކުރުމަށް އިހަވަންދޫ މަސްވެރިން ބާއްވާ ސުލްހަވެރި މުޒާހަރާގެ ތެރެއިން މަސްވެރިންގެ އިހްސާސްތައް ހާމަކޮށްދީފިއެވެ.

މިއަދު މެންދުރުފަހު 2:00 ގައި އިހަވަންދޫ ބަނދަރުން އައިސްޕުލާންޓު ކުރިމައްޗަށް މަސްވެރިން އެއްވެ ކުރި މުޒާހަރާގައި އިހަވަންދޫގެ މަސްވެރިންގެ އިތުރުން އަންހެނުންވެސް ބައިވެރިވެއެވެ. އަދި ރަށުކައުންސިލްގެ ރައީސްއާއި ހއ. އަތޮޅު ކައުންސިލްގެ ރައީސްގެ އިތުރުން ކައުންސިލް ބައެއް މެމްބަރުންވެސް މުޒާހަރާގައި ބައިވެރިވެއެވެ. މުޒާހަރާގެ ބައިވެރިންތިބީ އެމީހުންގެ ކަންބޮޑުވުންތައް އެކުލެވޭ ޕޯސްޓަރު ތަކާ އެކުގައެވެ.

"ސަރުކާރުގެ ވެރިންނޭ މިއީ މަސްވެރިން، މަސްވެރިންނަކީ ދިވެހި ގައުމުގެ މުސްތަޤުބަލް" ތިބޭފުޅުންނޭ ވިދާޅުވަނީ މަސްވެރިކަމަކީ ދިވެހި ޤައުމުގެ ލޭނާރޭ، މިއަދު ލޭނާރަކަށް ނޫން މިވީއެއް. ތިބޭފުޅުން ކުރިމަތީ އެއްވެސް އަގެއް ނެތް އެއްޗަކަށް ވެގެންދިޔައީ"  މުޒާހަރާގައި ޝުއޫރުފާޅުކުރި މުޙައްމަދު ހުސައިން، އޭނާގެ ޝުއޫރު ފާޅުކުރަމުން ބުނެފައި ވެއެވެ.

މާތިލާ ދޯނީގެ ކެޔޮޅުގެ ވާހަކާގައި މަސްކިރާނެ ވަސީލަތެއް ނެތުމުގެ ސަބަބުން ރާއްޖޭގެ ގިނަ ދޯނީތައް މަސްވެރިކަމަށް ނުފުރި ހުއްޓިފައިވާކަން ފާހަގަކޮށްފައި ވެއެވެ. އިހަވަންދޫގެ ފަޅުގައި މަސްދޯނިފަހަރު އަޅާފައި މިތިބީ ރީއްޗަކަށް، ކުޅިވަރަކަށް ނޫންކަމަށް ބުނެ މަސްކިރޭނެ ގޮތެއް ނެތްކަމަށް ކެޔޮޅު ބުނެފައިވެއެވެ. މާތިލަ ދޯނި އެންމެ ފަހުންވެސް މަސްކިރާފައި ވަނީ 7 ދުވަހުގެ ދިގު ކިޔުއެއްގައި އޮވެގެންކަމަށް ކެޔޮޅުފާހަގަ ކުރިއެވެ. އެދޯނިވެސް ފަޅުގައި އަޅާފައި އެއޮތީ މިކަމުގެ ސަބަބުން މަހަށްފުރޭނެ ގޮތެއް ނެތުމާއި މަސްބެވުނަސް މަސްކިރޭނެ ގޮތެއް ނެތުމުން ކަމަށް ކެޔޮޅު ބުނެފައިވެއެވެ.

މާހޯރަ ދޯނީގެ ކެޔޮޅުގެ ޝުއޫރު ފާޅުކުރަމުން ވަނީ މިނިސްޓަރު ޒަހާގެ ހިސާބު ގޯސްކަމަށް ބުނެ، މާހޯރަ ދޯނިން ބޭނި 10 ޓަނު މަސް ކިރޭނެ އެއްވެސް ގޮތެއް ނެތިގެން އިހައްދުވަހު "ގޭދޮށު ފެކްޓަރީ" އަށް، ކިލޯއެއް 6 ރުފިޔާގެ ރޭޓުން ވިއްކާލާފައިވާކަމަށެވެ. އެއީ މިހާރު ފެލިވަރުން ލިބޭ އަގު ކިލޯއެއް 16 ރުފިޔާގެ ރޭޓުން ނަމަ އެއްލައްކަ ފަސްދޮޅަށް ހާސް ރުފިޔާގެ މަސް ކަމަށާއި އެއްލައްކަ ރުފިޔާގެ ގެއްލުމުގަ މަސްކޮޅު ކިރާލީމަ، މިދޯނިން މަހަށްދިޔަ އެއްވެސް މީހަކަށް ރުފިޔާއެއް ލިބޭނެތޯ ކެޔޮޅު ވަނީ މިނިސްޓަރ އަށް ސުވާލު ކުރައްވާފައެވެ.

ހއ. އިހަވަންދޫގައި މަސްވެރިން ކުރަމުންދާ މުޒާހަރާއަށް ތާޢީދުކޮށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނީ މަސްވެރިންގެ ކަންބޮޑުވުންތައް ސަރުކާރުން ކަނުލައި އަޑުއަހައި ހައްލު ހޯދައިދޭން ޖެހޭ ކަމަށެވެ.

"ހ.އ އިހަންވަންދޫ ސަރަހައްދުގައި މަސްވެރިން ކުރަމުންދާ އިހުތިޖާޖުގެ އަޑު ކަމާބެހޭ ފަރާތްތަކުން ކަނުލައި އަހައި، މަސްވެރިންގެ ކަންބޮޑުވުން ތަކަށް މާނަވީ ހައްލެއް ހޯދައިދޭންޖެހޭ! ބާނާ މަސް ވަގުތުން ކިރާ އެއަށް އެކަށީގެންވާ އަގު ލިބެންޖެހޭ! ޖޯކު ޖެހުން ހުއްޓާލާ! ސާބަސް އިހަވަންދޫ މަސްވެރިން!" ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެފައިވެއެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މުހައްމަދު ރަޝީދު ރާނާ، ސްޓަންޓު ޖައްސާނެކަމެއް ނެތް ކަލޭމެން ޖެއްސި ހާލު މިއީ މަސްވެރިންނަށް․․ ވޯޓު ހޯދަން ނާންނާތި․․ވަރަށް މަކަރުވެރި އަޑި ނުބައި މީހެއްތީ․․ މުޒާހަރާގަ ބައިވެރިވެ ގޭސް އަނބުރާނެކަމެއް ނެތް

– 26 ޑިސެމްބަރު 2020 0