[HEADER BANNER]
[AD]

"ހޭލާށޭ!" މިރޭ!

29 ޑިސެމްބަރު 2020 0

ވޮލެންޓަރީ ސާވިސް އޮފް އިހަވަންދޫ (ވީ.އެސް.އައި) އާއި އިހަވަންދޫ ކައުންސިލް އަދި ލެންޓަރން ޖަމްޢިއްޔާ ގުޅިގެން މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން އިހަވަންދޫގައި ކުރިޔަށް ގެންދާ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ކުރިއަށް ގެންދާ އެންމެ ބޮޑު ޙަރަކާތް މިރޭ އޮންނާނެ ކަމަށް ވީ.އެސް.އައި އިން ބުނެފިއެވެ.

އިހަވަންދޫ އޯޕަން ސްޓޭޖް ސަރަޙައްދުގައި މިރޭ 8:30 ގައި ފެށުމަށް ހަމަޖެހިފައިވާ މި ހަރަކާތް ރާވައިލެވިފައިވަނީ ސަޕްރައިޒް އިވެންޓްތަކާއެކު ގިނަ އިނާމުތަކެއް ލިބޭގޮތަށް ކަމަށް ވީ.އެސް.އައި އިން މަޢުލޫމާތުދެއެވެ.

މީގެއިތުރުން، "ހޭލާށޭ"ގެ ނަމުގައި ކުރިއަށް ގެންދާ މި އިވެންޓުގައި ސުވާލާއި ޖަވާބު އަދި ތަފާތު އެކި ޙަރަކާތްތައް އޮންނާނެ ކަމަށް ވީ.އެސް.އައި އިން ހާމަކުރެއެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ