[HEADER BANNER]
[AD]

ޔުނައިޓެޑް ޔޫތުން ފުޓްބޯޅަ އެކެޑަމީއެއް ފަށަނީ

29 ޑިސެމްބަރު 2020 0

އިހަވަންދޫ ފުޓްބޯޅައިގާ ވިދުންގަދަ ޔުނައިޓެޑް ޔޫތުން އިހަވަންދޫގައި ފުޓްބޯޅަ އެކެޑަމީއެއް ހަދަން ނިންމައި އެކަމުގެ މަސައްކަތް ފަށައިފިއެވެ.

ޔުނައިޓެޑް ޔޫތުގެ ރަސްމީ ފޭސްބުކް ޕޭޖުގައި އާންމުކުރި ބަޔާނެއްގައި ހާމަކޮށްފައި ވަނީ، އިހަވަންދޫގައި ފުޓްބޯޅަ އެކެޑެމީއެއް ރަޖިސްޓްރީކުރުމުގެ ފުރަތަމަ މަރުހަލާގެ މަޝްވަރާތައް ކަމާބެހޭ ފަރާތްތަކާއެކު އެ ޓީމުން ފަށާފައިވާ ކަމަށެވެ.

އަދި އިތުރަށް ފާހަގަކޮށްފައި ވަނީ، ކުރިއަށް އޮތް ދުވަސްތަކުގައި ހުރިހާ ކަމެއް ވެސް ރަނގަޅަށް ދާނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އެބަ އޮތް ކަމަށާއި އަދި ކަމާބެހޭ އެންމެހާ ފަރާތްތަކުގެ ފުށުން ވެސް މިކަން ކާމިޔާބުކުރުމަށް މި ދަނޑިވަޅު ބޮޑު ޝައުޤުވެރިކަމެއް ފެންނަމުންދާ ކަމަށެވެ.

ޔުނައިޓެޑް ޔޫތަކީ މަޝްހޫރު މައިކަޕް ފުޓްބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމެވެ. މައިކަޕްގެ ޓްރޮފީ އެ ޓީމުން ވަނީ ދެ ފަހަރު ހިއްލާލައިފައެވެ.

މިހާރު ކުރިއަށްދާ އިހަވަންކަޕް2020 އަށްވެސް ޔުނައިޓެޑް ޔޫތުން ވަރަށް ބޮޑަށް ތައްޔާރުވެ މޮޅު ޓީމެއް ނެރުނެވެ. ނަމަވެސް ގްރޫޕް ސްޓޭޖުގައި ވަރުގަދަ ގްރޫޕެއްގައި ހިމެނި، ހިތްގައިމު ކުޅުމެއް ފެނުނުކަމުގައި ވިޔަސް ބަދުނަސީބުވެރި ނިމުންތަކަކަށްފަހު ކްއާޓަރ ފައިނަލުން ފުރުޞަތު ނުލިބި މުބާރާތާ ވަނީ އަލްވަދާޢު ކިޔާފައެވެ.

ޔުނައިޓެޑް ޔޫތުގެ ނަމުގައި ރަސްމީކޮށް ފުޓްބޯޅައިގެ ހަރަކާތްތައް އެ ޓީމުން ފަށާފައި ވަނީ 2014 ވަނަ އަހަރުއެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ