[HEADER BANNER]
[AD]

ހުސައިން ރަޝީދުއަށް އެހީވުމަށް ހިނގުނު ފަންޑު ހޯދުމުގެ ހަރަކާތުން ލިބުނު ފައިސާ ހަވާލުކޮށްފި

5 ޖެނުއަރީ 2021 0

ހުސައިން ރަޝީދުގެ ކިޑުނީ ޓުރާންސްޕުލާންޓު ކުރުމަށް އެހީތެރިވުމަށް ހިލޭ ސާބަހަށް މަސައްކަތްކުރާ އިހަވަންދޫގެ 3 ޖަމްޢިއްޔާ ކަމަށްވާ ހިޔާ ފައުންޑޭޝަން، އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) އަދި ކުލަބު ޕޯލްސްޓަރ ގުޅިގެން އިހަވަންދޫގައި ހިންގި ފަންޑު ހޯދުމުގެ ހަރަކާތުން ލިބުނު ފައިސާ ހުސައިން ރަޝީދުއާ ހަވާލުކޮށްފިއެވެ.

ރޭ އޮތް އިހަވަންކަޕު ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗު ފެށުމުގެ ކުރިން ހުރަވީ ދަނޑުގައި މިކަމަށް ހާއްސަ ކުރި ވަގުތުކޮޅެއްގައި މިފައިސާ ހަވާލު ކޮށްދެއްވާފައި ވަނީ އިމަގު ޖަމިއްޔާގެ ރައީސް މޫސާ ޢަލީ، އަދި ކުލަބު ޕޯލްސްޓަރގެ ރައީސް މުޙައްމަދު ސުޖާޢު އެވެ. ފައިސާއާ ހަވާލު ވެފައިވަނީ ހުސެއިން ރަޝީދުއެވެ. އިހަވަންދޫގައި ހިންގި ފަންޑު ހޯދުމުގެ ހަރަކާތްތަކުން ޖުމުލަ 104526 (އެއްލައްކަ ހަތަރުހާސް ފައްސަތޭކަ ސައްބީސް ރުފިޔާ) ހޯދިފައި ވެއެވެ. މިފައިސާ ހޯދުމުގައި އިހަވަންދޫގެ ލޮބުވެތި ރައްޔިތުންނާއި އިހަވަންކަޕުގައި ބައިވެރިވެފައިވާ ޓީމުތަކާއި އިހަވަންދޫގެ ހަތަރު ނެއިބަރހުޑު އިން ލިބިފައިވާ އެއްބާރުލުން މިހަރަކާތް އިންތިޒާމުކުރި ފަރާތުން ފާހަގަ ކުރެއެވެ.

މިޖަމިއްޔާތަކުން މާލެ އަދި ހުޅުމާލެ ސަރަހައްދުގައި ހިންގި ހަރަކާތްތަކުން ހޯދި 85362.50 މީގެ ކުރިން އާއިލާއާ ވަނީ ހަވާލުކޮށްފައެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ