[HEADER BANNER]
[AD]

ކައުންސިލް އިންތިޚާބު އޭޕްރީލް 3 ގައި

6 ޖެނުއަރީ 2021 0

ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ފަސްކުރެވިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އޭޕްރީލް މަހުގެ 3 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން އިން ނިންމައިފިއެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފް ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވުމުގެ ސަބަބުން ފަސްކުރެވިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އަަންނަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހަށް ތާވަލު ކުރަން އެ ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު ބާއްވަން ފުރަތަމަ ތާވަލު ކުރި  ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ކަނޑައެޅުނު ތާރީޚުގައި ނުބޭއްވުމުން އިންތިހާބު ދެން ބާއްވަން މަސައްކަތް ކުރީ މި އަހަރުގެ މާޗު މަހަށެވެ. އެކަމަކު ފެބްރުއަރީ މަހާ ހަމައަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދަންމާލުމުން މާޗު މަހު އިންތިހާބު ނުބޭއްވޭނެ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ. ޝަރީފް ވިދާޅުވި ގޮތުގައި އިންތިހާބު ބޭއްވޭނީ ސިއްހީ ކުއްލި ހާލަތު އުވާލާތާ މަދުވެގެން ދެ މަސް ދުވަސް ފަހުންނެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ