[HEADER BANNER]
[AD]

އެމްޓީސީސީގެ ޓީމެއް ހއ. އަދި ހދ. އަތޮޅަށް

11 ޖެނުއަރީ 2021 0

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީގެ ޓީމް ހއ. އަދި ހދ. ގެ ރަށްތަކަށް ޒިޔާރަތް ކުރާގޮތަށް ނިންމައިފިއެވެ.

އެމްޓީސީސީން ބުނީ މި ޓީމު މާދަމާއިން ފެށިގެން 7 ދުވަހުގެ ނިޔަލަށް ހަރަކާތްތެރިވާނީ ހއ. އަތޮޅުގައިކަމަށެވެ. އަދި މިމަހުގެ 19 އިން 24 އަށް ޓީމު ހަރަކާތްތެރިވާނީ ހދ. އަތޮޅުގައި ކަމަށެވެ.

މިއީ ކޮވިޑް-19 ގެ މިހާލަތުގައިވެސް މަސްވެރިންނާއި، އޮޑިވެރިންނާއި އަދި ދަތުރުވެރިންނަށް ގާތުން ޙިދުމަތް ދިނުމުގެ ބޭނުމުގައި ކުރާ ޒިޔާރަތެއް ކަމަށް އެކުންފުނިން ބުނެއެވެ.

އެމްޓީސީސީގެ މިދަތުރުގައި އޮޑިވެރިންނާއި، އޮޑިދޯނިފަހަރު ބަންނަމުންދާ ފަރާތްތަކަށް މިހާލަތުގައި އެކިގޮތްގޮތުން ދިމާވެފައިވާ އަދި ދިމާވަމުންދާ ދަތިތަށް ދެނެގަނެ، އެކަންކަމަށް ހައްލު ހޯދޭނެ ގޮތްތަކާމެދު އޮޑިވެރިންނާއި،އޮޕްރޭޓަރުންނާއި، އިންޖިނޭރުންނާއި، އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން ރަށު ކައުންސިލް އިދާރާތަކާއި މަޝްވަރާ ކުރާނެ ކަމަށް އެކުންފުނިން ބުނެއެވެ.

އެމްޓީސީސީގެ އާންމުވިޔަފާރި ފެށިފައިވަނީ، ކުންފުނި އުފެދުނު ފަހުން މާގިނަ ދުވަސްތަކެއް ނުވަނީސް ފެށުނު، އޮޑިދޯނިފަހަރުގައި އިންޖީނު އެޅުމުގެ މަސައްކަތުގެ ތެރެއިންކަން ފާހަގަ ކުރަމުން އެމްޓީސީސިން ބުނެފައި ވަނީ މިދަތުރުގައި އަލަށް ބަންނަމުންދާ އޮޑިދޯނިފަހަރު އިންސްޕެކްޓްކޮށް، މިހާރު ދުއްވަމުންދާ އޮޑިފަހަރުގެ އިންޖީނަށް މައްސަލައެއް ދިމާވާކަން ފާހަގަކުރެވޭނަމަ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން އެމްޓީސީސީން ފޯރުކޮށްދޭ ޙިދުމަތްތައް ލިބުމުގައި އަތޮޅުތެރޭގައި ތިއްބެވި ކަސްޓަމަރުންނަށް ދިމާވަމުންދާ ދަތިތައް ދިރާސާކުރުމާއި، އިންޖީނާއި ސްޕެއަރ ޕާރޓްސް ގަތުމުގައި މާލީގޮތުން ދިމާވާ ގޮންޖެހުންތަކަށް މިހާލަތުގައި ތަޢާރަފުކުރެވިފައިވާ ފައިސާ ދެއްކޭނެ ޕްލޭންތަކާބެހޭ މަޢުލޫމާތު އޮޑިވެރިންނާއި ޙިއްސާކުރުން ހިމެނޭ ކަމަށެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ