[HEADER BANNER]
[AD]

ޖަންގަލް، ކުޅިމަގު އަދި އިހަވަންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ފުޓުބޯޅަ ތަމްރީން ޕްރޮގްރާމެއް ހިންގަނީ

12 ޖެނުއަރީ 2021 0

ޖަންގަލް، ކުޅިމަގު އަދި އިހަވަންދޫ ޕޮލިސްސްޓޭޝަން ގުޅިގެން ޒުވާން އުމުރު ފުރައިގެ ކުދިންނަށް އަމާޒުކޮށްގެން ފުޓުބޯޅަ ތަމްރީން ޕޮރޮގްރާމެއް ހިންގުމަށް ނިންމައިފިއެވެ.

މި ޕްރޮގްރާމަކީ 2020 ވަނަ އަހަރު ހިންގުމަށް ރޭވުނު ޕްރޮގްރާމެއް ނަމަވެސް، ކޮވިޑާއި އަދިވެސް އެހެނިހެން ކަންތައްތަކާ ގުޅިގެން ޕްރޮގްރާމް ހިންގުން ލަސްވެފައިވާ ކަމަށް އެފަރާތްތަކުން މައުލޫމާތުދެއެވެ.

މި ތަމްރީން ޕްރޮގްރާމްގައި 14 އަހަރާއި 16 އަހަރާއި ދެމެދުގެ އުމުރުފުރާގެ 30 ކުއްޖަކު ބައިވެރިވާނެއެވެ. މި 30 ކުދިންނަކީ އެ އުމުރުފުރާތަކުން ހޮވާލެވިފައިވާ 30 ކުދިންނެވެ.

މި ޕްރޮގަރާމް ހިންގުމުގައި އިސްކޮށް މަސައްކަތް ކުރަމުންދަނީ އިހަވަންދޫގައި ހިންގޭ އެކިއެކި ކުޅިވަރު މުބާރާތްތަކުގައި ވާދަކޮށް ރަގަޅު ނަތީޖާތައް ހޯދަމުން އަންނަ ދެޓީމް ކަމަށްވާ ޖަންގަލް އަދި ކުޅިމަގު ޓީމްގެ ފަރާތުންނެވެ. އަދި އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުންވެސް މި ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދެއްވާނެއެވެ.

އިހަވަންދޫގައި ތިބި ފުޓުބޯޅައަށް ޝައުގުވެރި ޒުވާންނުންގެ ކިބައިގައި ހުރި ފުޓުބޯޅައިގެ ހުނަރުތައް އިތުރަށް ތަރައްޤީ ކުރުމަށް އެހީތެރިވެދިނުމާއި، ދެޓީމް ގުޅިގެން އިހަވަންދޫގެ ޒުވާނުންނަށް ފުޓުބޯޅައިން ރަގަޅު ފުރުސަތުތަކެއް ފަހިކޮށްދިނުމުގެ މަޤުޞަދުގައި ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމް އޮންނާނީ މިމަހުގެ 15 އިން 31ގެ ނިޔަލަށް އިހަވަންދޫ ހުރަވީ ދަނޑުގައެވެ.

ފީއަކައި ނުލައި ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ކިޔަވައިދެއްވާނީ އޭއެފްސީ ބީ ލައިސަންސް ކޯޗެއް ކަމުގައިވާ އަލްފާޟިލް ހުސައިން ފަޔާޒެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ