ބަދުއަޚްލާޤީ މައްސަލައަކާ ގުޅިގެން 4 މީހެއްގެ މައްޗަށް ދަޢުވާކުރަން ފޮނުވައިފި

31 ޖުލައި 2013 11

ކަނާތުން ވާތަށް: މުޙައްމަދު ފިރާޤު، ޙުސައިން އައިމަން، ޙުސައިން އަޙްމަދު އަދި ޙުސައިން ރަޝީދު / ފޮޓޯ: ޕޮލިސް މީޑިއާ

އެކި ދުވަސް މަތިން ޢުމުރުން 18 އަހަރުންދަށުގެ އަންހެން ކުއްޖަކަށް ގަދަކަމުން ބިރުދައްކައިގެން ބަދުއަޚްލާޤީ އަމަލު ހިންގާފައިވާކަމަށް ތުޙުމަތުކުރެވޭ މައްސަލައެއްގެ ތަޙްޤީޤު ނިންމައި، ހއ.އިހަވަންދޫ، ފަހިވާ / މުޙައްމަދު ފިރާޤް އާއި ހއ.އިހަވަންދޫ، ޅޮސްމާގެ / ޙުސައިން އައިމަން އާއި ހއ.އިހަވަންދޫ، ސިތާރާގެ / ޙުސައިން އަޙްމަދު އަދި ހއ.އިހަވަންދޫ، އެވަރބްލޫ / ޙުސައިން ރަޝީދުގެ މައްޗަށް މައްޗަށް ދަޢުވާކުރުމަށް ޕީ.ޖީ އަށް ފޮނުވާފައިވާ ކަމަށް ޕޮލިސް މީޑިއާއިން ހާމަކޮށްފި އެވެ.

ޕޮލިސް މީޑިއާއިން މަޢުލޫމާތުދޭ ގޮތުގައި މި މައްސަލަ އަކީ މި އަހަރު އޭޕްރީލް މަހުގެ 23 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައެކެވެ. މި މައްސަލައިގެ ތަޙްޤީޤު ނިންމައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ދައުވާކުރަން ފޮނުވާފައި ވަނީ މި ހިނގާ ޖުލައި 21 ވަނަ ދުވަހު އެވެ.

މި މައްސަލައާ ގުޅިގެން މި މައްސަލާގައި ތުހުމަތު ކުރެވޭ ޙުސައިން އައިމަން ހައްޔަރުކޮށްފައިވެ އެވެ. އަދި އޭނާ ހައްޔަރުކުރިތާ މަސްދުވަސް ފަހުން އޭނާ ދޫކޮށްލުމަށް ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކުރުމުން، އެ އަމުރު ހައިކޯޓުގައި ދައުލަތުން އިސްތިޢުނާފު ވެސް ކުރި އެވެ. ނަމަވެސް ހައިކޯޓުން ވެސް ކަނޑައަޅާފައި ވަނީ ޙުސައިން އައިމަނު ދޫކޮށްލުމަށް އަމުރުކޮށްފައި ވަނީ ޤާނޫނާ ޚިލާފަށް ނޫންކަމަށެވެ.

ޙުސައިން އައިމަން ފިޔަވައި މި މައްސަލާގައި ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ބުނާ އަނެއް 3 މީހުން ހައްޔަރުކޮށްފައި ނުވާކަން ފާހަގަކުރެވެ އެވެ.

ބަދުއަޚްލާޤީ މައްސަލަ, އިހަވަންދޫ ޕޮލިސް ސްޓޭޝަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ލަދުން ބޯހަލާކު.......

– 31 ޖުލައި 2013 1

މީހަމަ ރަނގަޅު ލިޔުމެއްތަ

– 31 ޖުލައި 2013 1

ލަދުން ދެފައި ގާތްކޮއްލަން ނުކެރެެ ހުވާމިބުނީ

– 31 ޖުލައި 2013 2

ވަރަށް މުހިއްމު ބައެއް ހަބަރުގަ މަދު. އެއީ މިމީހުން ނިސްބަތްވާ ޕާޓީ އަކީ ކޮބާކަން. އޭރުން އިތުރަށް އެއްޗެއް ބުނަން އެނގޭނީ...

– 31 ޖުލައި 2013 4

ސާބަސް.... ކޮންމެތަނަކަށްވެސް ޕާޓީ ވެއްދޭތޯ ބަލާތި.......... ތިއީ ދިވެހި ދަރިންނަކީ...........

– 31 ޖުލައި 2013 1

މިވަނީ ކިހިނެއް؟ ގޭ މީހުންތަ އެކުއްޖައާ ބެހުނީ؟ ނޫނީ އައިމަން ތަ؟

– 31 ޖުލައި 2013 1

ޕާޓީ ހޯދަން ތިއުޅެނީ ބަލަ އެމީހުން ބަދުއަހުލާގީ އަމަލު ހިންގީ ޕާޓީން އަންގާގެންތަ؟

– 31 ޖުލައި 2013 0

އަނެއް 3 މީހުން ހައްޔަރު ނުކޮށް ކިހިނެއް މައްސަލަ ތަހުގީގު ކުރީ؟

– 31 ޖުލައި 2013 0

މީ ރަނަގޅު ލިޔުމެއް ކަމަކަށް ނުބެލެވޭ. ލިޔުނު މީހެއް ވެސް ނެތެންނު..؟؟

– 31 ޖުލައި 2013 1

ސަހާދެއްމިބުނީ މިއިވަންދޫތަ؟؟؟؟؟؟

– 21 ސެޕްޓެމްބަރު 2013 0

މި މަޢްސަލަ އަވަހަށް ބެލުމަށްފަހު، ޙައްޤު ޢަދަބު މުޖުރިމުންނަށް ދީ!!!

– 20 އޮކްޓޫބަރު 2013 0