މުޙައްމަދު ތަކުރުފާނުންގެ ބައްޕަ އިހަވަންދޫއަށް - އިހަވަންދޫގެ ތާރީޚުން ތަންގަނޑެއް:1

15 އޮގަސްޓު 2013 5

ހއ.އުތީމު ޙުސައިން ޙަޠީބު ތަކުރުފާނުންގެ ބައްޕާ ޙަޠީބު ތަކުރުފާނުންނަކީ، ވިޔަފާރި ކުރުއްވާ އުޅުއްވި ބޭކަލެއްކަން ތާރީޚުން ހެކިދެއެވެ. މިއީ މުޅި ދިވެހި ޤައުމު އެބޭކަލަކަށް ފަޚްރުވެރިވާ، ދިވެހި ރާއްޖޭގެ އުޖާލާވި ރަންތަރި ކަމުގައިވާ މުޙައްމަދު ތަކުރުފާނުންގެ ކާފައެވެ. ގައްލަންދޫ އެތެރެވަރީގައި ހިމެނޭ ރަށްތަކާއި، އެހެން ރަށްތަކަށް ވިޔަފާރި ދަތުރުކޮށް އުޅުނެވެ. އޭރުގައި މަޝްޙޫރު ފަންރިޔަލުގައެވެ.

ކޮންމެއަކަސް ތަރީޚީ ގޮތުން މާގިނަ ވާހަކަތަކެއް މާޞަރީޙަގޮތެއްގައި މުޙައްމަދު ތަކުރުފާނުންގެ ބައްޕައާއި އަދި ކާފައާ ބެހޭގޮތުން ދިވެހި ތާރީޚްގައި ލިޔެވި ބަޔާންވެގެންނުވެއެވެ. އަޅުގަނޑުގެ ގަލަން މިހިންގާ މަޢުލޫއަކީ، ތާރީޚީ މާބޮޑު މަޢުލޫމާތެއް ނެތްކަމުގައިވާނަމަ، ލިޔަން ދަތި މަޢުލޫއެކެވެ. ނަމަވެސް އަޅުގަނޑުގެ އުފަން ރަށް އިހަވަންދޫގެ ދުވަސްވީ މުސްކުޅިންނާއި އަދި އިހަވަންދޫގެ ތާރީޚަށް ވަރަށް ޝަޢުޤުވެރިކަމާއި އެކުގައި ބަލަމުންދާ، އަދި މަޢުލޫމާތު ހޯދާ އެއްކުރަމުންދާ ބޭފުޅެއް ކަމުގައިވާ މުޙައްމަދު އިބްރާޙިމް (ކަތީބު) ގެ ފުށުން އިހަވަންދޫ މަދަރުސާގެ އަހަރީ ދުވަހު ދެއްކެވި ވާހަކަ ފުޅުގައި ބަޔާންވެގެންއާ ވާހަކަތަކުގެ މައްޗަށް ބުރަވެހުރެ މިވާހަކަތަށް ޖުމްލަ ތަރުތީބުކޮށް އަޅުގަނޑު ލިޔުނީމެވެ.

ދެންފަހެ، މުޙައްމަދު ތަކުރުފާނުންގެ ކާފާފުޅަކީ، ހއ.އުތީމު ޙަޠީބު ތަކުރުފާނުންކަން ޔަޤީންކަމާއި އެކުގައި އެނގެއެވެ. މިބޭފުޅާ ގަންލަންދޫގެ އެތެރެވަރިއަށް ވިޔަފާރި ކަމުގައި އައިސްގޮސް އުޅުނެވެ. އަދި މިކަމުން ނަފާ ހޯދާ މާރަންދުއާއި އިހަވަންދޫގައި ވިޔަފާރިކޮށް ހިކިމަސް ހޯއްދަވައިގެން މާލެ ގެންދާ ކަމުގައި ވިއެވެ. އަދި މިގެންދާ ހިކި ކަނޑުމަސް މާލެއަށް ވިއްކާ ނަފާ ހޯދިއެވެ. މިއުޅުނު އުޅުމުގައި، އިހަވަންދޫއަށްވެސް ވިޔަފާރިކަމުގައި އައިސް އުޅުނުކަމުގައި ވެއެވެ. އެއީ އެދުވަސްވަރު ނުހަނު ފޯރާ މުއްސަނދި މީހަކުކަމުގައި ވިއެވެ.

އެއްފަހަރަކު ވިޔަފާރިކަމުގައި ދިއުމަށްޓަކައި، ދިޔާހަކުރާ އަދި އެހެނިހެން ބާވަތްތައްވެސް އަރުވާ ބަރާކޮށްގެން ގައްލަންދޫގެ އެތެރެވަރިއަށް މުޙައްމަދު ތަކުރުފާނުންގެ ކާފާ ވިޔަފާރި ދަތުރެއްގައި ނިކުތުމަށް ގަސްތުކޮށްފިއެވެ. ދުވަސްވަރަކީ ނަކަތުގެ ކަލަންޑަރުން ހަޅަޖަހާ ދުވަސްވަރު ކަމުގައި ވިއެވެ. ނަމަވެސް ބޮޑުވެ ފުރާފުރިހަމަވެފައިވާ ފިރިހެންދަރިފުޅުވެސް ކުރީ ދަތުރެކޭ އެއްގޮތަށް މިވިޔަފާރި ދަތުރުގައި ގެންދާން ހިތުލިޔެވެ. މިއީ މުޙައްމަދު ތަކުރުފާނުންގެ ލޯބިފުޅުވާ ބައްޕާ ޙުސައިން ޙަޠީބު ތަކުރުފާނެވެ. ހަޅަޖަހާ ފުސްކޮށްކޮޅު ބޯމަތިކުރި ކަމުގައި ވިޔަސް، ވިޔަފާރި ކަމުގައި މިނުކުތް ދުވަސް އެއީ އުޑުމަތި ސާފު ރީތި ދުވަހެއްކަމުގައި ވެއެވެ.

ހެޔޮވަރު ވަރަކަށް ރީތި ނަލަ ރޯޅި ޖެހެއެވެ. އެހެންކަމުން މުޙައްމަދު ތަކުރުފާނުންގެ ކާފައާއި ބައްޕާ ދަތުރުކުރަމުން އައި އޮޑި ރީތި ނަލަ ދުވެއްޔެއްގައި ސީދާ މާރަންދޫއާ ދިމާލަށް ދަތުރުކުރިއެވެ. މާރަންދޫއަށް ގާތްކޮށް އެރަށުގެ އަށިގޭގާ ވިޔާފާރިކުރާން އެދުވަހުގެ ހަވީރު ވާންދެން ތިއްބެވިއެވެ. މިތިއްބަވާފައި އެރޭ މާރަންދޫގައި ރޭކުރި ކަމުގައި ވެއެވެ. އަދި ހަމަ އެރޭގައި މުޙައްމަދު ތަކުރުފާނުންގެ ބައްޕާއާއި، އެރަށު ތޭރަވާ މުދިންކަލޭގެ އަންހެން ދަރިފުޅާ ކައިވެނި ކުރެއްވިއެވެ.

އޭގެ އަނެއްދުވަހުގައި ދޯނީގެ ފަނާނަގާ ދަތުރަށް ފަށައިފިއެވެ. ދޯނީގެ ކައްޕިތާނު ހިތުލީ އުތީމަށް ދިއުމަށެވެ. ނަމަވެސް މުޙައްމަދު ތަކުރުފާނުންގެ ބައްޕާ ބުނުއްވިކަމުގައި ވެއެވެ. އިހަށް ވަންދޫ އަށް ދާށެވެ. (މިކަމާގުޅިގެން ކިޔާ ވާހަކައެއް ވެއެވެ. އޭރުގައި އިހަވަންދޫއަށް ކިޔަނީ ވަންދޫ އޯލައެވެ. އެހެންބުނިފަހުން ކިޔާކަމުގައި ވަނީ އިހަށްވަންދޫ އެވެ. މިނަން ފަހުން ފަހުން އައިސް އިހަވަންދޫގެ ގޮތުގައި ލިޔެވެންފެށުނީއެވެ. އަދި ކިއެންވެސް ފެށުނީއެވ).

ކޮންމެއަކަސް އިހަވަންދޫއަށް ގާތްކޮށް ވިޔަފާރިކުރިއެވެ. އަދި ހަވީރުވުމުން ދަތުރަށް ފުރާފިއެވެ. އޭރުގައިވެސް އުޑުމަތީގައި ވިލާ ރޮށްޖެއް ހުއްޓެވެ. ގައްލަންދޫ އައި އަރާހަމަނުވަނީސް ވިލާގަނޑުގެ ރޯޅިވާން ފަށާފިއެވެ. ހަޅަޖަހާ މޫސުންކަމުން މިފުސްކޮޅުގެ ވާރޭ ނުވަތަ ވަޔާ ބައްދަލު ނުވުމަށް އެދޭހާލު ދޯނި ދަތުރުކުރަމުން ދިޔަ މިޝްރާބު ބަދަލުކޮށް އިހަވަންދޫއަށް އެނބުރިއެވެ.

ކޮންމެއަކަސް މަންޒިލަށް ފޯރުމުގެ ކުރިން ނަގަމުން އައި ވިލާކޮޅު ބޯމަތި ވެއްޖެއެވެ. ރޯޅި ހަރުވަން ފަށައިފިއެވެ. މަންޒިލް ކުރިމަތީ ފެންނަން އޮތަސް، ދުވަސްވަރަކީ، ރިޔަލުގެ ދުވަސްވަރުކަމުން މަންޒިލް އަތުލުމަކީ ދަތިކަމެކެވެ.

- ނުނިމޭ -

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މައުލޫމާތު ރަގަޅައް ހޯދައިގެން ލިއުންމުހިންމު

– 15 އޮގަސްޓު 2013 2

މުޙައްމަދު އިބްރާހިމް މޮޅުވަން ހަދައިގެން ދައްކާ ވާހަކައެއް! އެއްވެސް އަސާސެއްގެ މައްޗަށް އޭނާ ދައްކާ ވާހަކައެއް ނޫން! ތިޔަ ބުނާ ސްޕީޗް ޤައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައި ދެއްކުމަށް ޗާންސް ދިނީމަ ބިރުން ނުކެރުނު ދައްކާކަށް! އެހެންވީމަ ހުސް ފޭކް! އިމްރާން ކަހަލަ މޮޅު ލިޔުންތެރިއަކު ތިކަން ޤަބޫލު ނުކުރުމަށް ގޮވާލަން!

– 16 އޮގަސްޓު 2013 1

ތެދެއް އެ ބުނީީ ވަރަށް ބޮޑު

– 17 އޮގަސްޓު 2013 1

ދެން ވަރަށް ހުތުރު ތަންގަނޑެއް މިތަނުގައި ބޭނުން ކުރީމަ

– 19 އޮގަސްޓު 2013 1

ދެން ވަރަށް ހުތުރު ތަންގަނޑެއް މިތަނުގައި ބޭނުން ކުރީމަ

– 19 އޮގަސްޓު 2013 1