ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވާ މައްސަލަ ބަލާނެ

20 އޮގަސްޓު 2013 0

11 އޯގަސްޓް 2013 ވަނަ ދުވަހު އިންޖީނުގެ ކައިރިޔަށް އެއްވި އެއްވުމުގެ ތެރެއިން. ފޮޓޯ: އިހަވަންދޫޑޮޓްކޮމް

ދިވެހި ފުލުހުންގެ ޤާނޫނީ ވާޖިބަށް ހުރަސް އަޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވާ ކޮންމެ މީހެއްގެ މައްސަލަ ވަރަށް ސީރިއަސްކޮށް އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ބަލާނެކަމަށް ބުނެފި އެވެ.

ސިޔާސީ ގޮތުން ހަލަބޮލި މިދުވަސްކޮޅު އިހަވަންދޫގައި ޕާޓީތަކުގެ ޢަމަލުތައް ހުރިގޮތުން ނޭދެވޭ ޢަމަލުތަކަކަށް މަގުފަހިވެގެން ގޮސްފާނެތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް މިއަދު އިހަވަންދޫ ކައުންސިލުން ނޫސްބަޔާނެއް ނެރެފައިވާއިރު ޕޮލިސް މީޑިއާ އޮފިޝަލު ވިދާޅުވީ އެއްވެސް ހަރަކާތެއްގައި ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވާނަމަ އެމައްސަލައެއް ވަރަށް ސީރިއަސްކޮށް ބަލާނެ ކަމަށެވެ.

ފުލުހުން މިގޮތަށް ބުނެފައިވާއިރު އެފަދަ މައްސަލައެއް އިހަވަންދޫ ޕޮލިސް ސްޓޭޝަނުން މިހާރު ތަޙްޤީގް ކުރަމުން ދާކަން ފާހަގަ ކުރެވެއެވެ. އެއީ މިމަހުގެ 11 ވަނަ ދުވަހު އިހަވަންދޫ އިންޖީނުގެ ކައިރިޔަށް ބަޔަކު އެއްވެ ހިންގެ ހަރަކާތުގައި ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މައްސަލައެއްގެ ތަހުޤީގެވެ. އެމައްސަލައާ ގުޅިގެން މިއަދު ދެމީހަކު ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށް ފުލުސް މީޑީއާ އޮފިޝަލް ވިދާޅުވި އެވެ.

އެދުވަހު (އޯގަސްޓް 11 ވަނަ ދުވަހު) އިންޖީނުގޭ ކައިރިޔަށް ބަޔަކު އެއްވީ، "ތަފާތު ޝަކުވާތައް ލިބެމުން ދިއުމާއި، ކުންފުނީގެ ޚިދުމަތްތައް ދިނުމުގައި އެކަށީގެންވާ އެއްބާރުލުން ލިބެމުން ނުދާތީ" ކަމަށް ބުނެ 16 އޮކްޓޫބަރ 2012 ވަނަ ދުވަހު އިހަވަންދޫ އިންޖީނުގެއިން ވަކިކުރި މުވައްޒަފުން 10 ދުވަހުގެ ތެރޭގައި ވަޒީފާއަށް ނެރުމަށް، 31 ޖުލައި 2013 ވަނަ ދުވަހު އަޕަރ ނޯތު ޔުޓިލިޓީޒް ލިމިޓެޑްގެ މައްޗަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކުރުމާ ގުޅިގެން، އެއަމުރާ މެދު އިންޖީނުގެއިން އަމަލު ކުރާނީ ކޮންގޮތަކަށްތޯ ބެލުމަށެވެ.

.

އިހަވަންދޫ ޕޮލިސް ސްޓޭޝަން, އިހަވަންދޫ އިންޖީނުގެ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ