ކައުންސިލަރަކަށް ބިރުދެއްކި މައްސަލައެއް ފުލުހުން ތަޙްޤީގް ކުރަން ފަށައިފި

21 އޮގަސްޓު 2013 1

އިހަވަންދޫގެ 5 ކައުންސިލަރުން ހުވާކުރި ދުވަހު ފޮޓޯ އަކަށް ހުއްޓިލައިގެން. ފޮޓޯ: ސޮންދު ބްލޮގް

މިމަހުގެ 11 ވަނަ ދުވަހު މެންދުރު ފަހުގެ ވަގުތެއްގައި އިހަވަންދޫ ކައުންސިލް އިދާރާގެ އެތެރެއަށް ބަޔަކުވަދެ، އެކައުންސިލްގެ މެމްބަރަކަށް ބިރުދައްކައި އިންޒާރުދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

މިކަން ކަށަވަރުކޮށްދެއްވަމުން ޕޮލިސް މީޑީއާ އޮފިޝަލް ވިދާޅުވީ އިހަވަންދޫ ކައުންސިލް މެމްބަރަކަށް ބިރުދައްކައި އިންޒާރުދިން މައްސަލައެއް މިމަހުގެ 13 ވަނަ ދުވަހު ފުލުހުންނަށް ހުށައަޅާފައިވާ ކަމަށާއި އެމައްސަލަ މިހާރު ބަލައި ތަޙްޤީގު ކުރަމުންދާކަމަ ށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މިކަން ހިންގާފައިވަނީ 11 އޯގަސްޓް 2013 ވަނަ ދުވަހު، އެމްޑީޕީ އިހަވަންދޫ ގޮފިން އިސްނަގައިގެން އިހަވަންދޫ އިންޖީނުގެ ކައިރިޔަށް އެއްވި އެއްވުމުގެ ބައިވެރިންގެ ތެރެއިން ބަޔަކު އެ އެއްވުން ނިންމާލާފައި ދިޔަ މަގުމަތީގައި ކައުންސިލް އިދާރާގެ އެތެރެއަށް ވަނުމަށްފަހު އެވެ.

އެނގިފައިވާ ގޮތުގައި އެދުވަހު އިންޒާރުދީ ބިރުދައްކާފައިވަނީ އިހަވަންދޫ ކައުންސިލްގައި ހިމެނޭ ޑީއާރުޕީ މެމްބަރ އަލްފާޟިލް މުޙައްމަދު ސިރާޖު އަށެވެ. އިހަވަންދޫ ކައުންސިލްގައި ދެން ހިމެނޭ 4 މެމްބަރުންނަކީ އެމްޑީޕީ ގެ މެމްބަރުން ކަމަށްވާއިރު އެދުވަހުގެ އެ އެއްވުމުގައި އޭގެތެރެއިން 3 މެމްބަރުން ބައިވެރިވެފައިވާކަން ފާހަގަކުރެވެ އެވެ.

އިހަވަންދޫ ކައުންސިލް, އިހަވަންދޫ ޕޮލިސް ސްޓޭޝަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ތިޔަބުނާ މެންބަރު މިހާރު ނިސްބަތްވާ ޕާޓީ އިހަވަންދޫ ރައްޔިތުންނަށް ވެސް ދަންނަވަން ދަތި! ތަޙްޤީޤަކުން އެކަންވެސް ކަށަވަރު ކުރަން އެބަޖެހޭ!

– 7 ސެޕްޓެމްބަރު 2013 0