[HEADER BANNER]
[AD]

އެމްޑީޕީ އާއި ޕީޕީއެމް ގެ ބޭފުޅުންތަކެއް ޖޭޕީ އާ ގުޅިއްޖެ

6 ނޮވެމްބަރު 2013 9

ރޭ ޖޭޕީ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

އިހަވަންދޫގައި އެމްޑީޕީ އާއި ޕީޕީއެމް ގެ އިސްސަފުގައި ޙަރަކާތްތެރިވަމުންއައި ބޭފުޅުންތަކެއް ޖުމްހޫރީ ޕާޓީއަށް ސޮއި ކޮށްފިއެވެ.

ރޭ 9:00 ގައި މިކަމަށް ހާއްސަކޮށްގެން ޖޭޕީ އިހަވަންދޫ އޮފީހުގައި އޮތް ރަސްމިއްޔާތުގައި ޖުމްހޫރީ ޕާޓީއާ ގުޅިފައިވަނީ އިހަވަންދޫ އެމްޑީޕީ ޒުވާނުންގެ ހަރުގޭގެ ބާނީ ހއ. އިހަވަންދޫ، ސަމީނާމަންޒިލް އަޙްމަދު ނިޔާޒް (ދޮންމަނިކު) އާއި ޕީޕީއެމް އިހަވަންދޫ ފިނިފެންމާ ގޮފީގެ ރައީސް ހއ.އިހަވަންދޫ، ކޮށީތެރޭގެ އިބުރާހީމް ޚަލީލް އާއި ހއ. އިހަވަންދޫ، ބުލްބުލާގެ ޢަބްދުލްޢަޒީޒް ގެ އިތުރުން ހއ. އިހަވަންދޫ، ސިތާރާގެ އަޙްމަދު ހުސައިން އެވެ.

ރޭ ޖުމްހޫރީ ޕާޓީ އަށް ސޮއި ކުރެއްވި ހުރިހައި ބޭފުޅުންވެސް މިރިޔާސީ އިންތިޙާބުގައި ޖުމްހޫރީ ގުޅުމުގެ ކެންޑިޑޭޓަށް ތާއީދު އިތުރު ކުރުމަށް ކުރެވެންހުރި ހުރިހައި މަސައްކަތެއް ކޮށްދެއްވާނެކަމަށް ޖޭޕީ އިހަވަންދޫ އޮފީހުން ބުނެއެވެ.

[BOTTOM CONTENT BANNER]
ރިޔާސީ އިންތިޚާބު 2013

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މިފަހަރު އެއްބުރުން ޤާސިމް

– 6 ނޮވެމްބަރު 2013 6

އެމްޑީޕީ ގެ ސަޕޯޓް ދަށަށް ދިޔައީ އައްނި ދީނަށް ފުރައްސާރަ ކުރާތީ

– 6 ނޮވެމްބަރު 2013 7

އެމްޑީޕީ ގެ ސަޕޯޓް ދަށަށް ދިޔައީ ފުރަތަމަ ބުރުގަ ވޯޓް އޮޅުވާލީމަ

– 6 ނޮވެމްބަރު 2013 7

އެމްޑީީޕީ ޒުވާނުން ހަރުގެ ވެސް ބަދަލުވި ދޯ! ކިހާދެރަ

– 6 ނޮވެމްބަރު 2013 3

އިހްލާސްތެރިން ފެނުނީމަ އެފަރާތްތައް އިހްލާސްތެރިން އިހްލާސްތެރިން ކައިރިއަށް ދާނެ ދޯ.

– 6 ނޮވެމްބަރު 2013 5

ދޮންމަނިކު ބަދަލުވިޔަސް އޭނަގެ ފަހަތަކުން ދާނެ މީހަކު ނުވާނެ! އިހަވަންދޫ ޕީޕީއެމް ފުނޑުނީ!

– 7 ނޮވެމްބަރު 2013 3

ދޮންމަނިކު ދިޔައެކޭ ކިޔާފަ ހާހެއް ވާކަށް ނުޖެހޭ. ދެއަތަށް ކިރޭ ހަލީލު މިހާރު ތިއަތަށް ބުރަވެއްޖެއޭ ބުންޏަކަސް އިސްތައްޓެކޭވެސް ހީނުވޭ.

– 7 ނޮވެމްބަރު 2013 1

ބޮޑަށް ވައްތަރީ ލާރިއަށް ދުވި މޑޕ ކުދިން ކޮޅަކާ.

– 7 ނޮވެމްބަރު 2013 3

ދޮންމަނިކު ޖޭޕީއަށް ސޮއިކުރީ 4 އިންޖީނު ދިނިީމަޔޯ.......

– 8 ނޮވެމްބަރު 2013 1