[HEADER BANNER]
[AD]

އިންތިހާބީ ރައީސް ދިރިއުޅުއްވަން ބޭނުންވަނީ އަމިއްލަ ގެކޮޅުގައިކަމަށް ވިދާޅުވެއްޖެ

16 ނޮވެމްބަރު 2013 1

ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށް ފަހު ވެސް، ދިރިއުޅުއްވަން ބޭނުންފުޅު ވަނީ އަމިއްލަ ގެކޮޅުގައި ކަމަށާއި ނަންގަވާނީ މުސާރައިގެ ދެބައި ކުޅަ އެއްބައި ކަމަށް އިއްޔަ ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވި ރާއްޖޭގެ އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އިން އިންތިހާބު ކާމިޔާބުކުރުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޔާމީން ވިދާޅުވީ އެމަނިކުފާނު މިރޭ ވެސް ނިދިކުރައް ވާނީ އަމިއްލަ ގެކޮޅުގައި ކަމަށާއި ސެކިއުރިޓީއިން ހުއްދަދޭ ނަމަ، އެކަން އެގޮތަށް ކުރެއްވުމަށް ގަސްތުކުރައްވާ ކަމަށެވެ.

"އަޅުގަނޑު މިރޭ ވެސް ނިދަން ދާން މިހިޔާލުކުރަނީ އަޅުގަނޑުގެ ގެއަށް. އަދި މާދަމާ ވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑު ނިދާނީ އަޅުގަނޑުގެ ގޭގައި. އަޅުގަނޑުގެ ހިޔާލެއް ނެތް އަދި އަޅުގަނޑަށް ސެކިއުރިޓީ އިން ހުއްދަ ދެއްވާ ކަމަށް ވަންޏާ އެހެން ދިމާލަކަށް ބަދަލުވާކަށް،" ޔާމީން ވިދާޅުވި އެވެ.

އިއްޔެގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ޔާމީން ކާމިޔާބުކުރައްވާފައި ވަނީ 51.6 ޕަސަންޓް ވޯޓު ހޯއްދަވައިގެން ނެވެ. ރާއްޖޭގެ ރައީސުންނަށް ދިރިއުޅުއްވުމަށް ގާނޫނަކުން ވަކިތަނެއް ލާޒިމެއް ނުކުރެއެވެ. ނަމަވެސް ރައީސް ދިރިއުޅުއްވުމަށް ހާއްސަކޮށް ފަހުގެ ތާރީހެއްގައި ހަދާފައިވާ އިމާރާތަކީ ތީމުގެއެވެ. ނަމަވެސް އެތަން މިހާރު ބޭނުންކުރަނީ ޖުޑިޝަރީގެ އިދާރާތަކުންނެވެ.

އެއްމެފަހުން ރާއްޖޭގެ ރައީސްކަންކުރެއްވި ތިންބޭފުޅުންވެސް ދިރިއުޅުއްވީ ތަފާތު ތިންތަނެއްގައެވެ. ރައީސް މައުމޫން ތީމުގޭގައި ދިރިއުޅުއްވެވި އިރު ރައީސް ނަޝީދު ދިރިއުޅުއްވީ މުލިއާގޭގައެވެ. އަދި ރައީސް ވަހީދު ދިރިއުޅުއްވީ ހިލާލީގޭގައެވެ.

[BOTTOM CONTENT BANNER]
ރިޔާސީ އިންތިޚާބު 2013

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މަރުޚަބާ ރައީސް ޔާމިން. ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ރަނގަޅު ފިޔަވަޅެއް.

– 17 ނޮވެމްބަރު 2013 1